އެމްއެންޑީއެފް

"މިވަގުތު އިސްކަން ދޭންޖެހެނީ ސިފައިންގެ ތަމްރީނަށް"

Apr 24, 2016

މިވަގުތު އެންމެ އިސްކަންދޭންޖެހެނީ ސިފައިންގެ ތަމްރީން ޕްރަގްރާމްތައް އިތުރަށް ވަރުގަދަކުރުންކަމަށް ޗީފް އޮފް ޑިފެންސްފޯސް މޭޖޭ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ސިފައިންގެ ހިދުމަތަށް 124 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ދިވެހި ސިފައިން އަބަދުވެސް މަސައްކަތްކުރާނީ އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށާއި އެ ޔަގީންކަން ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަށް ސިފައިން އަރުވާ ކަމަށާއި ދިވެހި އަސްކަރިއްޔާގެ ސަފުތައް އޮތީ ބަދަހިކޮށް ގައުމީ ހިދުމަތުގައި ކަމަށެވެ.

ގައުމީ ހިދުމަތުގައި ހިތްވަރާއިއެކު ދެމިތިބުމަށް ހުރިހާ ސިފައިންނަށް ގޮވާލައްވާ ޝިޔާމް ވިދާޅުވީ އޭނާ ދިވެހި ސިފައިންނަށް ކުރައްވާ އެންމެ ބޮޑު އިލްތިމާސްއަކީ އެންމެ ފުރަަތަމަ ގައުމު އިސްކުރުމަށް ކަމަށާއި އަދި ޒިންމާތަކާއި ވާޖިބުތައް އަދާކުރުމާއި، ތެދުވެރިކަމާއި ސާބިތު ކަމާއެކު ދެމި ތިބުމަށް ކަމަށެވެ