އެމްއެންޑީއެފް

ފޯލްސް ފަޔާ އެލާމެއް އެޅި ވެލާނާގޭން މީހުން ހުސްކޮށްފި

ފޯލްސް ފަޔާ އެލާމެއްގެ ސަބަބުން ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އޮފީސް އެކުވެނި، ވެލާނާ ގެއިން މީހުން ހުސްކޮށްފި އެވެ. އެމްއެންޑީއެފުން މިއަދު ބުނީ ވެލާނާގޭގައި އަލިފާނުގެ ހާދިސާއެއް ނުހިނގާ ކަމަށާއި ނަމަވެސް އައި ފޯލްސް އެލާމާއެކު ރަސްމީ ޕްރޮސީޖާ އަށް ފޮލޯ ކުރުމުގެ ގޮތުން އަދި މީހުން ވަނުމަށް ހުއްދަ ނުދޭ ކަމަށެވެ. މީހުންނަށް ވަދެވޭނެ ވަގުތެއް އަދި ބުނަން ނޭނގޭ ކަމަށް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މިއަދު އައީ ފޯލްސް އެލާމެއް ކަމަށާއި އެ އެލާމް އަޅަން މެދުވެރިވި ސަބަބު ހޯދަން އެމްއެންޑީއެފުން އެ ސަރަހައްދުގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބާރަ ބުރީގެ ވެލާނާގޭގެ އޮފީސް އެކުވެނީގައ ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކާއި މިނިސްޓްރީތައް ހިންގަ އެވެ. އެ އޮފީސްތަކުގެ މުވައްޒަފުންގެ އިތުރުން ހިދުމަތް ހޯދަން ދާ ވަރަށް ގިނަ އާންމުން އަބަދުވެސް ވެލޭނާގެއަށް ވަދެ ނުކުމެ ހަދަ އެވެ. ވެލާނާގެ ބަންދުވެއްޖަނަމަ ވަރަށް ގިނަ މަސައްކަތަށް ބުރޫ އަރައި ވަރަށް ގިނަ ހިދުމަތް ހުއްޓޭނެ އެވެ.

މިއަދު ވެލާނާގޭގައި ފޯލްސް ފަޔާ އެލާމެއް އެޅުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ހާސްކަން ކުރިމަތިވި އެވެ. އަދި ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުން ބިރުގަނެއް އެއްފަހަރާ އިމާރާތް ދޫކޮށް ބޭރަށް ނުކުތެވެ.