މިސްރު

ހަލަބޮލިކަމުގެ ތެރޭ ގައުމު ދިފާއުކުރަން ޖެހޭ: ސީސީ

ގައުމު ހަލަބޮލި ކަމުގެ ތެރެޔަށް ވައްޓާލަން އުޅޭ ނުލަފާ މީހުންގެ ކިބައިން ގައުމު ދިފާއު ކުރަން ޖެހޭ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވިދާޅުވެއްޖެ އެވެ. ސީސީ މިހެން ވިދާޅުވެފައިވަނީ، މިސްރުގެ ސަރުކާރާއި ދެކޮޅަށް ކުރާ މުޒާހަރާއެއް ފަށަން ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.

ސީސީ ވިދާޅުވީ ސަރުކާރާއި، އަދި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ނުކުންނަށް އުޅޭ މީހުންގެ ކިބައިން ގައުމު ދިފާއު ކުރަން ތެދުވުން މުހިންމު ކަމަށެވެ. ސީސީ ވަނީ މުޒާހަރާގެ ބައިވެރިންނަށް ވަނީ "އީވިލް ފޯސެޒް" ގެ ލަގަބު ދީފައެވެ.

ޓީވީއިން ފޮނުވި ސީސީގެ ހިތޯބުގައި ވިދާޅުވެފައިވަނީ، މިސްރުގެ އަމާން ނަގާލާ، ގައުމުގައި ހަލަބޮލިކަން އުފައްދަން އުޅޭ މީހުންނަށް ކާމިޔާބެއް ނުލިބޭނެ ކަމަށާއި މިސްރުގައި އަމާންކަން ދަމަހައްޓަން އެތަކެއް މަސައްކަތް މިހާރު ކުރައްވާފައިވާ ކަމަށާއި، ކޮށްފައިވާ މަސައްކަތް ފެނަށް ދިޔަ ނުދެއްވާނެ ކަމަށެވެ.

ސީސީ ވިދާޅުވީ މިސްރުގެ އަމާންކަން ދެމެހެއްޓުމަކީ، ކޮންމެ ފަރުދެއްގެ މައްޗަށް ވެސް ވާޖިބު ކަމަށެެވެ. އަދި ވިދާޅުވ ގުޅިގެން މަސައްކަތް ކޮށްފިނަމަ، ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކޮށް، ގައުމުގައި ހަލަބޮލިކަން އުފައްދަން އުޅޭ މީހުން ނާކާމިޔާބު ވާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ދިނުމުން، ސަރުކާރު އޮފިޝަލުން ވަނީ މުޒާހަރާ ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. އަދި މުޒާހަރާ ކުރަން ރާވާފައިވާތީވެ، ސަރުކާރުން ވަނީ ސަލާމާތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.