އެމްއެންޑީއެފް

އިންޑިއާ ސިފައިންނާއި ދިވެހި ސިފައިންގެ ސަވައިލަންސް ޕެޓްރޯލެއް ފަށައިފި

އިންޑިއާގެ ނޭވީ އޮފިސަރުންނާއި ރާއްޖޭގެ އެމްއެންޑީއެފާއި ކޯސްޓްގާޑައި ގުޅިގެން، ރާއްޖޭގެ އިގްތިސާދީ ސަރަހައްއްދުގައި ހާއްސަ ސަވައިލަންސް ޕެޓްރޯލެއް ފަށައިފި އެވެ. މި ޕެޓްރޯލް ފަށާފައިވަނީ މިއަދު އެވެ.

އިންޑިއާގެ ނޭވީ އޮފިސަރުންނާއެކު އެގައުމުގެ އަސްކަރީ މަނަވަރު "އައިއެންއެސް ބިއާސް" ރާޢްޖެ އައީ އިއްޔެ އެވެ.

އެމްއެންޑީއެފުން ބުނީ، ކޯސްޓްގާޑާއި އެމްއެންޑީއެފާއި އިންޑިއަން ނޭވީ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް ސާވިސް ޕެޓްރޯލަކީ، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއް ކަމަށެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދުގައި ގާނޫނާއި ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ފާރަވެރިވާނެ ކަމަށެވެ.

އައިއެންއެސް ބިއާސް ރާއްޖެކުރާ ދަތުރު ނިންމާލުމަށްފަހު ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.