އެމްއެންޑީއެފް

ފޮނަދޫގައި ސިފައިން އާއިލީ ހަވީރެއް ބާއްވައިފި

Apr 26, 2016

ސިފައިންގެ 124 ވަނަ އަހަރީ ދުވަހާ ގުޅުވައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ލ. ފޮނަދޫގައި އާއިލީ ހަވީރެއް ބާއްވައިފި އެވެ.

މިއަދު ފޮނަދޫ މެދުއަވަށުގައި ބޭއްވި ހަވީރާއެކު މިއުޒިކަލް ޑްރިލް ޑިސްޕްލޭ އެއްވެސް ކުރިޔަށް ގެންދިޔަ އެވެ. މި ހަވީރުގައި ބައިވެރިވުމަށާއި ހަރަކާތްތައް ބަލައިލަން ފޮނަދޫ ތިން އަވަށުގެ ގިނަ ބަޔަކު ޖަމާވި އެވެ.

ސިފައިންގެ ހަވީރުގައި ދިވެހި ސިފައިން އެއްގަމާ ކަނޑުގައި ބޭނުންކުރާ ބައެއް އުޅަނދުތައް ދައްކާލި އިރު ސިފައިން ބޭނުންކުރާ ބައެއް ޔުނީފޯމްތަކުގައި ފޮޓޯ ނަގަން ކުޑަކުދިންނަށް ފުރުސަތު ދިނެވެ. މީގެ އިތުރުން ހަބޭސް ބޮޑުބެރު ގުރޫޕުން ވަނީ މި އާއިލީ ހަވީރުގައި ޕާފޯމްކޮށްފައެވެ.

ސިފައިންގެ ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ފޮނަދޫގެ އިތުރުން، މިމަހުގެ 27 ގައި މ. މުލީގައި ބާއްވާގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. އަދި ތ. ގުރައިދޫގައި މިމަހުގެ 28 މިޔުޒިކަލް ޑްރިލް ޑިސްޕްލޭ ބާއްވާއިރު 29 ފ. ނިލަންދޫގައި އަދި 30 ވަނަ ދުވަހު ދ. ކުޑަހުވަދޫގައި ބާއްވާނެ އެވެ.