މަސްތުވާތަކެތި

މަސްތުވާތަކެއްޗާއެކު އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި އަންހެނަކާއި ފިރިހެނަކު ދާދި ދެންމެއަކު މއ. ޒެނާނާ ގެއިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަސްތުވާތަކެތި ކަމަށް ޝާއްކުކުރެވޭ ބައެއް ތަކެއްޗާއެކު އެ ދެމީހުން ހައްޔަރު ކުރީ މިރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މއ. ޒެނާނާގެއަށް ވަދެ އެގެ ބަލާ ފާސްކުރީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ.

ހައްޔަރުކުރި ދެ މީހުންނާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އެ ދެމީހުންވެސް މިހާރު ތިބީ ފުލުހުންގެ ހައްޔަރުގަ އެވެ.

ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.