ޑރ. އައިޝަތު ޝިހާމް

ތައުލީމީ ސިޔާސަތު ހާމަކުރަން މިނިސްޓަރު ގއ. އަށް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކޮށްދީ މައުލޫމާތު ހިއްސާކުރަން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ގއ. އަތޮޅަށް ވަޑައިގެންފި އެވެ.

ތިން ދުވަހަށް އެކަމަނާ ކުރައްވާ ދަތުރުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެނ ސްކޫލްތަކަށް ޒިޔާރަތް ކުރައްވާނެ އެވެ.

އެ އަތޮޅުގައި އެކަމަނާ ބާއްވާ ބައްދަލުކުރެއްވުންތަކުގައި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށް ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ފެންވަރު އިތުރުކުރުމާއި ބެހޭ ގޮތުންނާއި، ސުކޫލުތަކަށް ދިމާވާ ދަތިތައް ހައްލު ކުރެވިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

މި ދަތުރުފުޅުގައި ވިލިނގިލީގައި ހުންނަ ޕޮލިޓެކްނިކްގެ ކެމްޕަސް ރަސްމީ ކޮށް ހުޅުއްވައިދެއްވާނެ އެވެ.