ލައިފްސްޓައިލް

އާމާލްގެ ކުލަ ދުނިޔެއިން ލޯތްބާއެކު

އޭނާގެ އާންމު ވަޒީފާގައި ފަންނުގެ ދަރިއަކަށް ނުވެ އެވެ. ނަމަވެސް 24 އަހަރުގެ އާމާލް ޔޫސުފް މެގަ މޯލްޑިވްސްގައި އަދާކުރާ ރަސްމީ ވަޒީފާ އަށް ފަހު ދެން އޭނާ ބަދަލުވަނީ ނިކަން ހުނަރުވެރި އާޓިސްޓަކަށެވެ. އާމާލްގެ ހާއްސަކަމަކީ ހީނާ އެވެ. ބޭނުން ޑިޒައިނަކަށް ނުވަތަ ބޭނުން ގޮތަކަށް މީހުންގެ ގައިގައި ހީނާ އިން ކުރަހައި ދިނުމަކީ އޭނާގެ ހުސްވަގުތުގެ "ވަޒީފާ" އެވެ.

އޭނާގެ ކަސްޓަމާ ރޭންޖު ފެށިގެން ދަނީ ކުޑަކުދިންނާ ހަމައިންނެވެ. އަންހެނުންނާއި ފިރިހެނުން ވެސް އާމާލްގެ ހީނާގެ ކުރެހުންތަކަށް ޝައުގުވެރިވެ ހިތްކިޔަ އެވެ. ކުރު ގޮތަކަށް ބުނަނީ ނަމަ އާމާލްގެ ސާވިސް "ވަރަށް ވެސް ޕާސަނަލް" އެވެ.

ހީނާގެ ވައްތަރުތައް ބޭނުންކޮށްގެން ޖާދޫ ދެއްކުމުގެ އިތުރުން އޭނާ އަކީ ކަވި އިތުރު އެހެން މަސައްކަތްތަކަށް ވެސް ލޯބިޖެހިފައިވާ ޒުވާނެކެވެ. ތިރީގައި މިއޮތީ އަވަސް ވީކެންޑްގެ އަންހެނުން ސެގްމަންޓަށް އާމާލް ދިން އިންޓަވިއު އެވެ.