އަލިފާން

ރައީސް އޮފީހުގެ ފަޔާ އެލާމް އެޅުމުން ސިފައިން ހަރަކާތްތެރިވެއްޖެ

ރައިސުލްޖުމްހޫރިއްޔާ އޮފީހުގައި ފަޔާ އެލާމްއެޅުމުން ސިފައިން ހަރަކާތްތެރިވެއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު އަވަސްއަށް ވިދާޅުވީ، ރައީސް އޮފީހުގައި ފަޔާ އެލާމް އަޅާފައިވާތީ އެ އޮފީހުގައި ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެލާމް އަޅައިގެން ސިފައިން އެތަނަށް ގޮސް ބެލި އިރު، އެލާމަކީ ފޯލްސް އެލާމެއް ކަން އެނގިފައިވާ ކަމަށް އަދުނާން ވިދާޅުވި އެވެ. އަދުނާން އަދި ވިދާޅުވީ، ރައީސް އޮފީސް ތެރެއިން އަލިފާނުގެ އެއްވެސް އަސަރެއް ފެނިފައިނުވާ ކަމަށެވެ. އެކަން ކަށަވަރު ކުރަން ރައީސް އޮފީހުގެ ހުރިހާ ތަނެއް ޗެކް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ އެލާމް ސިސްޓަމަށް ދިމާވި މައްސަލައަކުން އެޅުނު އެލާމެއް ކަމަށް ބޮޑަށް މި ބެލެވެނީ،" އަދުނާން ވިދާޅުވި އެވެ.