އަލިފާން

ސިނަމަން ގާޑަންގެ ބަދިގޭގައި ރޯވެ ގެއްލުން ވެއްޖެ

May 1, 2016

ސިނަމާލެ ކައިރީގައި ހުންނަ "ސިނަމަން ގާޑަން ރެސްޓޯރަންޓް" ބަދިގޭގައި އަލިފާން ރޯވެ އެތާނގެ ބައެއް ތަކެއްޗަށް ގެއްލުން ވެއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

މިއަދު މެންދުރު ފަހު 1:30 އެހާކަންހާއިރު ރޯވި އަލިފާން ސިފައިން ވަނީ ކުޑައިރުކޮޅެއްގެ ތެރޭގައި ކޮންޓްރޯލްކޮށް ނިއްވާލަފައެވެ.

އަލިފާނުގެ މި ހާދިސާގައި ސިނަމަން ގާޑަން ރެސްޓޯރަންޓުގެ ބަދިގޭގައި ބޭނުންކުރާ ބައެއް ސާމާނަށް ގެއްލުން ލިބުނެވެ.