އަލިފާން

މާވަށު ގެއެއްގެ ބަދިގެ އަނދާ ހުލިވެއްޖެ

May 3, 2016

ލ. މާވަށު ގެއެއްގެ ބަދިގޭގައި އަލިފާން ރޯވެ ގެއްލުންވެއްޖެ އެވެ. ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

އެ ރަށު އަލިމަސްގޭ ބަދިގޭގައި އަލިފާން ރޯވީ އިއްޔެ މެންދުރުފަހު އެވެ. ނަމަވެސް އެ ފުލުހުންނާއި އާންމުން ވެގެން ވަނީ ނިއްވާލާފައެވެ. މި ހާދިސާގައި ބަދިގެއަށް ބޮޑެތި ގެއްލުންތަކެއްވެ ބަދިގޭގައި ހުރި ހުރިހާ އެއްޗެއް ވަނީ އަނދައި ބޭނުން ނުކުރެވޭވަރުވެފަ އެވެ. މި ހާދިސާ މެދުވެރިވީ މިރުސް ތެލުލަން އުދާފައި ހުރި ތެޔޮ އެއްޗެއްގައި ރޯވެގެންނެވެ.

މިދިއަ ދެ ދުވަސްތެރޭގައި އަލިފާނުގެ ތިން ހާދިސާއެއް ހިނގާފައިވާއިރު ރާއްޖޭގައި ގާތް ގާތުގައި އަލިފާނުގެ ހާދިސާތައް ހިނގަމުންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.