މާފުށީ ޖަލު

ކޮމިޝަނާ އޮފް ޕްރިޒަންސް މާފުށީ ޖަލު ބައްލަވާލައްވައިފި

May 3, 2016

އަލަށް ހަމަޖެއްސެވި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާން މާފުށީ ޖަލަށް ޒިޔާރަތްކުރައްވާ ހާލަތު ބައްލަވާލައްވައިފި އެވެ.

އިއްޔެގެ އެ ޒިޔާރަތުގައި ޖަލުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ބައްލަވައިލެއްވުމުގެ އިތުރުން އެ ސަރަހައްދުގައިވާ އޮފިސަރުންގެ ބެރެކްސް ވެސް ބައްލަވާލައްވާލެއްވި އެވެ.

މާފުށީ ޖަލުގައި ހުންނަ ފިހާރައިގައި ރޯވުމުގެ ސަބަބުން ފިހާރައާއި ގުދަން ވަނީ އެއްކޮށް އަނދާފަ އެވެ. އަދި އެ ސަރަހައްދުގައި ހުންނަ މުވައްޒަފުންގެ ބްލޮކެއްވެސް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.