މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އައްސޭރި ޖަލުގެ ޔުނިޓްތައް މަރާމާތު ކުރަން ފަށައިފި

May 3, 2016

ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ޔުނިޓްތައް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އެ ޖަލުގެ ޔުނިޓް އެކެއްގެ ކުރިމަތީގައި ފެންސް ޖަހައިނިމިފައިވާއިރު އައްސޭރި ޖަލާއި ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރއާއި ދެމެދުގައިވާ ފާރުގެ ބޮޑުބައި ވެސް ނިމިފައިވާ ކަމަށެވެ.

މި މަސައްކަތްތައް އައްސޭރި ޖަލު ގައިދީންނާއި ބައެއް އޮފިސަރުން ކުރަމުން އަންނަ އިރު އައްސޭރި ޖަލުގެ އިންޑަސްޓްރިއަލް ޒޯންގައި ގައިދީންގެ ނަމާދުގެއާއި މެސް ރޫމްގެ މަސައްކަތް ވަނީ ފަށާފައެވެ.