ޖިންސީ ގޯނާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށް

May 4, 2016

އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވި މީހަކު 15 އަހަރަށް ޖަލަށްލުމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިއަ މަހުގެ 14 ވަނަ ދުވަހުގެ އެހުކުމް ކޮށްފައިވަނީ މާލެ، ހ. ސަކީނާވިލާ، އާދަމް ޢަލީ 57، ގެ މައްޗަށެވެ.

އޭނާގެ މައްޗަށް، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުކުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އޭނާ ތަފާތު އެކި ދުވަސްމަތިން ކުޑަކުއްޖަކާމެދު ބަދުއަކުލާގީ އަމަލު ހިންގާފައިވާތީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މި މައްސަލަ ބެލުމަށްފަހު ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނަނީ، ދައުލަތުން އާދަމް ޢަލީގެ މައްޗަށް އުފުލާފައިވާ، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުކުމުގެ ކުށުގެ ދައުވާއަށް ޝަރީއަތުގައި އާދަމް ޢަލީ އިންކާރުކުރި ނަމަވެސް، ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން އާދަމް ޢަލީގެ މައްޗަށް މި ދައުވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށެވެ.