މާފުށީ ޖަލު

މެކްސިމަމް ސެކިއުރިޓީ ޔުނިޓްތައް ބަލަހައްޓާ ކޯސް މާފުށީ ޖަލުގައި ފަށައިފި

May 7, 2016

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންސްޓިޓުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ސެޓްފިކެޓް 2 އިން ކަސްޓޯޑިއަލް ސުޕަވިޝަން ކޯސް މާފުށި ޖަލުގައި މިއަދު ފަށައިފިއެވެ.

މިކޯހަކީ ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންގެ ތެރެއިން ސާޖަންޓް އަދި ސްޓާފް ސާޖަންޓް ރޭންކްތަކުގެ އޮފިސަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ކޯހެކެވެ. މިކޯހުގައި ޖުމްލަ 48 އޮފިސަރުން ވަނީ ބައިވެރިވި އެވެ. މިއީ 15 ހަފުތާގެ މުއްދަތަށް ކުރިއަށްދާ ކޯހެކެވެ.

މިކޯހުގައި ޖަލުގެ މިނިމަމް، މީޑިއަމް އަދި މެކްސިމަމް ސެކިއުރިޓީ ޔުނިޓްތައް އޮޕަރޭޓްކުރުމުގައި އަމަލުކުރަންވީ އެންމެ ފުރިހަމަ ގޮތްތަކާއި، ސެކިއުރިޓީ ނިޒާމް ދެމެހެއްޓުމުގައި އަމަލުކުރަންވީ ގޮތްތަކާއި، ގައިދީންނަށް ދެވޭ އިނާޔަތްތަކާއި އަދި ގައިދީންނަށް އިނާޔަތްތައް ދިނުމުގައި އަމަލުކުރައްޖެހޭ ގޮތްތަކާއި، ޔުނިޓްތަކުގައި ޑިއުޓީ ކުރާ އޮފިސަރުން މެނޭޖްކުރާނެ ގޮތާއި، ގާނޫނީ ގޮތުން ގައިދީންނަށް ލިބިދޭ ހައްގުތައް ކިޔަވައިދެވޭނެ އެވެ. އަދި ގާނޫނީ ގޮތުން އޮފިސަރުންނަށް ލިބިދޭ ބާރުތަކާއި، ބާރުގެ ބޭނުންކުރާނެ ގޮތްތައްވެސް ކިޔަވައިދޭނެ އެވެ.