ލައިފްސްޓައިލް

ފިރިހެނަކަށް އަންހެނަކު ރީތިވެދާނެ ހަ ސަބަބު

May 8, 2016
7

އަބަދުވެސް ބުނާ އަޑު އިވެނީ މިހެންނެވެ. ބޭރު ފުށުގެ ރީތި ކަމަށް ވުރެ މުހިންމީ އެތެރޭގެ ރީތިކަމެވެ. ފަތިހަށިގަނޑަށް ވުރެ މުހިންމު ވަނީ ހިތް އޮންނަ ގޮތެވެ. ބޭރު ފުށުގެ ރީތި ކަމަށް ވުރެ ބޮޑަށް އިސްކަން ދޭން ޖެހެނީ އަހުލާގަށެވެ. ނަމަވެސް ސައިންސް ބުނަނީ ކީކޭކަން އެނގޭ ހެއްޔެވެ! --- އެ ހުރިހާ ވިސްނުމެއް "އޮޅާލާށޭ" އެވެ.

ސައިންސް ބުނަނީ، އަންހެނެއްގެ ބޭރުފުށުގެ ރީތިކަމުގައި މި އަންނަނިވި ސިފަތަކެއް ހިމެނިއްޖެ ނަމަ އެ ތެރޭގެ ރީތިކަމާއި ރިވެތި އަހުލާގު މަތިން މީހާ ހަނދާން ނެތި އެ ފިރިހެނެއްގެ ހިތް އިސާހިތަކު ކަތިލެވިގެން ހިނގައިދާނެ ކަމަށެވެ. އަދި މި ދިރާސާގައި ސައިންސްވެރިން ބުނަނީ ގިނަ ފިރިހެނުންގެ ހިތް ލެނބެނީ ވެސް އަންހެނުންގެ ބޭރުފުށުގެ ރީތިކަމަށް ކަމަށެވެ.

އެހެންވީމަ އަޖާއިބުކުރުވަނިވި ނުވަތަ އާޝޯހުކުރުވަނިވި އެ ސިފަތަކަކީ ކޮބައިތޯ ބަލައިލުމަށް އަވަސްވެގަންނަމާ ހިނގާށެވެ.

އުނަގަނޑުގެ ފުޅާކަމުން ފަޅުކަން ފިލުން

ސައިންސްގެ ނިންމުމަކީ މިއީ އެވެ. އެހެންވީމަ މި ޖެހުނީ ފަތިގަނޑު ހިފައިގެން އައިސް މިންއަޅާކަށް ނޫން ހެއްޔެވެ؟ އެކަމަކު އެއްގޮތަކަށް ވެސް ކަންބޮޑުވާނެ ކަމެއް ނެތެވެ.

މި ދިރާސާއިން އެނގުނު ގޮތުން ފިރިހެނުންނަށް އެންމެ ކަމުދާ ވެއިޓް ރޭޝިއޯ އަކީ 7:10 އެވެ. ވެއިސްޓް އަދި ހިޕްސްއާ މެދު ގިނަ ފިރިހެނުން ދެކޭ ގޮތް އެނގޭ ހެއްޔެވެ؟ އެހެންވީމަ، ވިހަން ވަރަށް ފަސޭހަވާނެއެއް ނޫން ހެއްޔެވެ. މިހެންނެވެ.

ފިރިހެނުންނަށް އެންމެ ކަމުދަނީ ވެއިސްޓް ހިމަކޮށް، ބުޑަށް ފުޅާކޮށް ތިބޭ އަންހެންވެރިންނެވެ.

އަޑު ރީތީ ހިމައިއްޔާއެވެ!

މިއީ ކިހިނެތްވާ ކަމެއް ހެއްޔެވެ؟ ހައި ޕިޗްޑް ނުވަތަ "އެލްވިން އެންޑް ދަ ޗިޕްމަންކްސް" ގެ މީދާތަކުގައި އެ އިންނަ އަޑާ ވައްތަރުވީމަ އަޑު ރީތިވާ ސަބަބަކީ ކޮބައި ހެއްޔެވެ؟ އެކަމަކު ސައިންސްގެ ފޮތުގައި އޮތީ މިހެންނެވެ.

އޭގެ ސަބަބުން ޒުވާންކަން ނެރެ ބޭރުކޮށް ދައްކާލާ ކަމަށް ބުނެވެ އެވެ. އަންހެން ވަންތަކަން ފާޅުކޮށްދޭކަމަށް ބުނެވެ އެވެ.

މުއްސަނދި އިސްތަށިގަނޑެއް!

ވިދައި ބަބުޅާ، ބޯ އިސްތަށިގަނޑެއްގެ ވެރިޔަކީ ނަސީބުވެރިއެކެވެ. އަނެއްކޮޅުން ސައިންސްގެ ފޮތުގައި ބުނަނީ މިހެންނެވެ. އެއީ ސިއްހަތު ރަނގަޅު ކަމުގެ ނިޝާނެއް ކަމަށެވެ.

ހީނލާށެވެ!

ކުޑަކުޑަކޮށް ދަތް ފެންނަ ވަރަށް ހީލީމަ ރަނގަޅުވާނެ އެވެ. ހަގީގަތަކީ މިއީ އެވެ. އުފާވެރި މީހުންނަކީ ރީތި މީހުންނެވެ. އެކަމަކު ހީނލާއިރު ސަމާލުވާން ޖެހޭ ކަމެއް ވެސް އެބައޮތެވެ. ސައިންސް ބުނަނީ މިހެންނެވެ. ދަތް ރީތީ ހުދިއްޔާ އެވެ.

ވީހާ ވެސް ބޮޑަކަށް މޭކަޕް މަދުކުރަންވީއެވެ!

މޫނުގައި ފަށަލަތަކަކަށް ފުށް ޖަހައިގެން އައި ޝެޑޯއާ އެއްޗެހި އަޅައިގެން ވީހާ ވެސް ގަދަ ކުލަތަކުން ތުންފަތުގައި ކުލަ ޖެއްސީމަ ބަޔަށް ތިމަންނަ ރީތިވެދާނެ ހެން ހީވެދާނެ އެވެ. ކޮންމެވެސް ބަޔަކަށް ފަހަރުގައި ރީތިވެދާނެ އެވެ. އެކަމަކު ގިނަ ފިރިހެނުންނަކަށް މި ސްޓައިލެއް ކަމަކުނުދެ އެވެ.

ދިރާސާ އިން އެނގިފައިވާ ގޮތުން ފިރިހެނުންނަށް ކަމުދަނީ އަންހެނާގެ މޫނުގެ މޭކަޕް 40 ޕަސެންޓަށް ދަށްކުރީމަ އެވެ. އަސްލު މިއީ ހަގީގަތުގައި ސައިންސްގެ ދިރާސާއެއް ކުރަން ޖެހޭ ވަރުގެ ކަމެއް ވެސް ނޫނެވެ. -- ގުދުރަތުގެ ރީތިކަން މޭކަޕުން ފޮރުވިދާނެ ހެއްޔެވެ؟ ޔަގީނެވެ. މޭކަޕް ނުކުރަން ޖެހެނީ މި ސަބަބާ ހެދި އެވެ.

ހިތް ކަތިލެވެނީ ރަތް ކުލައިން

ހިތްދަމައިގަތުމުގެ ބާރު ހެދުމަކަށް ލިބިގެންވޭ ހެއްޔެވެ؟ ހިތް ބަންޑުންވުމުގެ މި ސިއްރު ބިނާވެފައި އޮންނަނީ އެ ހެދުމެއް އަޅާ ގޮތަކުންނެވެ. މިސާލަކަށް، އޮސްކާގެ ރެޑް ކާޕެޓް ފަދަ ފެޝަންގެ ކުލަގަދަ ހަފުލާއަކަށް ހުއްޓި ބަލާށެވެ. ހިތްދަމައިގަތުމުގެ ބާރު ހެދުމަކަށް ލިބިފައިވާ މިންވަރު، ހިތުގެ އެންމެ ފުންމިނުން އިހްސާސްކޮށްލެވޭނެ އެވެ.

އެކަމަކު ރެޑް ކާޕެޓަކަށް ދާނެ ކަމެއް ނެތެވެ. ރެޑް ކުލައިގެ ނުވަތަ ރަތްކުލައިގެ ހެދުމަކުން މި ވާހަކައެއް ފަށައިގަންނަމާ ހިނގާށެވެ.

ސައިންސް ބުނެދޭ ހަގީގަތަކީ މިއީ އެވެ. އަޅާ ހެދުމާއި އެ ހެދުމުގެ ކުލައިން ދޭ މެސެޖު ވަރަށް ފުންވެފައި ތަފާތު ކަމެވެ. ރަތް ކުލައިން ފަށަން މި ޖެހެނީ އެންމެ ބާރުގަދަ ކުލައިގެ ގޮތުގައި މަޝްހޫރުވެފައިވާތީ އެވެ. ރަތްކުލައިގެ ބާރު ހަމަ ހަގީގަތުގައި ވެސް މާ ގަދައީ އެވެ. ދެ ހިތް އެއްތަންކޮށް، އެއްދާންކޮށްލުމުގެ ބާރު ވެސް މި އަޖައިބުކުރުވަނިވި ކުލަ އަށް ލިބިގެންވަނީ އެވެ.

ރަތްކުލައިން ފާޅުކޮށްދެނީ އެނާޖީ އާއި ޕެޝަން އެވެ. އަދި ސައިންސްގެ ހޯދުންތަކުން އެނގިފައިވާ ގޮތުން ރަތްކުލައިގައި ހުންނަ އަންހެނަކަށް ފިރިހެނެއްގެ ހިތްލެނބޭ ގޮތް އެހެން ކުލަތަކާ އަޅާބަލާއިރު ވަރަށް އަވަހެވެ.