ހަބަރު

މާރަންދޫ ފަޅުތެރޭގައި އޮތް ބޯޓެއްގައި ރޯވެ އަނދައިފި

ހއ. މާރަންދޫ ފަޅުތެރޭގަ އޮތް ބޯޓެއްގައި ރޯވެ އަނދައިފި އެވެ. މި ބޯޓަކީ ހއ. އިވަންދޫ ބޯޓެކެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ފުލުހުނާއި ދިއްދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން އެ ސަރަހައްދަށްގޮސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. ފުލުހުން ބުނީ، ބޯޓުގައި ރޯވި އަލިފާނުގެ ސަބަބުން ބޯޓުގެ ވާތައް އަނދައި ބޯޓު މިހާރު ވަނީ އޮޔާއެކު މާރަންދު ފަޅުން ބޭރުވެފައި ކަމަށެވެ. އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އަލިފާން ނިންވުމުގެ މަސައްކަތުގައި ޖޭއޭ މަނަފަރު ރިސޯޓުން ދަނީ އެހީތެރިކަން ފޯރުކޮށްދިނެވެ.