ޗައިނާ

ޗައިނާއިން ދިން ސްކޮލަޝިޕް ތަކަށް ކުރިމަތިލާން ހުޅުވާލައިފި

ޑޮކްޓަރޭޓް އަދި މާސްޓާސް ޑިގްރީއަށް ކިޔަވަން ޗައިނާއިން ރާއްޖެއަށް ދިން ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ސްކޮލަޝިޕްގެ ދަށުން ދަރިވަރުންނަށް އެއް އަހަރު ދުވަހުގެ މާސްޓާސް ޑިގްރީ ކޯސް އަދި ތިން އަހަރުގެ ޑޮކްޓަރޭޓް ޑިގްރީ ކޯސް ހަދަން ފުރުސަތު ލިބެ އެވެ. މި ސްކޮލްޝިޕްގެ ދަށުން ދަރިވަރުންނަށް ކޯސްތައް ދޭން ހަމަޖައްސާފައި ވަނީ ޑިވެލޮޕްމެންޓް ޕެކިން ޔުނިވަސިޓީގެ ސައުތު - ސައުތު ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް އިންސްޓިޓިއުޓުންނެވެ.

ސްކޮލަޝިޕްގެ ދަށުން ކިޔެވުމުގެ ހުރިހާ ހަރަދެއް ކުރާނީ ޗައިނާގެ ކޮމާސް މިނިސްޓްރީންނެވެ. މި ސްކޮލަޝިޕްގައި ކޯހުގެ ފީ އާ ޓިއުޝަން ފީތަކާއި ހުރުމުގެ ހަރަދު ދޭނެ އެވެ.

ޑޮކްޓަރޭޓް ޕްރޮގްރާމްގެ ސްކޮލަޝިޕަށް ކުރުމުގެ ސުން ގަޑިއަކީ މިމަހުގެ 15 އެވެ. މާސްޓާސް ޕްރޮގްރާމަށް ކުރިމަތި ލުމުގެ ސުން ގަޑިއަކީ މިމަހުގެ 31 އެވެ.