ރާއްޖެ ކުޅިވަރު

2050ގެ ކުރިން ޗައިނާ ފުޓްބޯޅައިގެ ގަދަ ބާރަަކަށްވަނީ

20150 ވަނަ އަަހަރާ ހަމައަށްދާއިރު ފުޓްބޯޅައިގެ އެންމެ ގަދަ ބާރަކީ ޗައިނާ ކަމަށް ހެދުމަށް އެ ގައުމުގެ ސަރުކާރުން މަސައްކަތް ފަށައިފި އެވެ.

ޗައިނާ ސަރުކާރުން މި ގޮތަށް ނިންމައި މިހާރު އިއުލާނުކޮށްފައިވަނީ 550 ބިލިއަން ޕައުންޑްގެ ކުޅިވަރު އިންޑަސްޓްރީގެ މައިގަނޑު ހަރަކާތަކ ފުޓްބޯޅަ އަށް ހެދުމަށެވެ.

މި ގޮތުން އެންމެ ބޮޑު މަޝްރޫއަކަށް ވިސްނާފައިވަނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް އެ ގައުމުގައި ބާއްވަން ބިޑް ކުރުމެވެ. މިއާއެކު 20000 ފުޓްބޯޅަ ޓްރޭނިން ސެންޓަރު ގާއިމް ކުރުމަށާއި 70000 ފުޓްބޯޅަ ދަނޑު އެޅުމަށާއި 6000 ފުޓްބޯޅަ ސްޓޭޑިއަމް އެޅުމަށް ނުވަތަ މަރާމާތު ކުރުމަށާއި ސްކޫލް ކަރިކިއުލަމްގެ ތެރެއަށް ފުޓްބޯޅަ މާއްދާ ވައްދައި ހަ އަހަރުން ދަށުގެ 100 މިލިއަން ކުދިން ތަމްރީނު ކުރުމެވެ.

ޗައިނާ ސަރުކާރުން ގަބުލުކުރާ ގޮތުގައި ފުޓްބޯޅައިގެ ގަދަ ބާރަކަށްވެއްޖެނަމަ އެއީ އެގައުމުގެ އިގްތިސާދަށް ވެސް އެތައް ގޮތަކުން ކުރިއެރުން އަންނާނެ ކަމެކެވެ. މި ގޮތުން ޗައިނީސް ސުޕަ ލީގު ކުރިއެރުވުމަށާއި ޗައިނާގެ ގައުމީ ޓީމުގެ ފެންވަރު ރަނގަޅުކޮށް، ނަތީޖާ ރަނގަޅު ކުރުމަކީ ވެސް މި ޕްރޮޖެކްޓްގެ ވަރުގަދަ އަމާޒެކެވެ.

ޗައިނާއިން ވަނީ ފުޓްބޯޅައިގެ ގަދަ ބާރަކަށްވުމަށް ޗައިނާ ލީގު ވަރުގަދަ ކުރަން މީގެ ތިން އަހަރު ކުރިން މަސައްކަތް ފަށައިފަ އެވެ. މި ގޮތުން އަގުބޮޑުކޮށް ޔޫރަޕުގެ މަތީ ފަންތީގެ ކުޅުންތެރިން ގެނައުމަށް ވަނީ ވަރަށް ބޮޑު އިސްކަމެއްދީފަ އެވެ.

ފުޓްބޯޅައިގެ ގަދަ ބާރަކަށްވުމަށް ލީގު ތަރައްގީ ކުރަން ޗައިނާއިން މިސާލެއްގެ ގޮތުގައި ބަލަމުންދަނީ އިނގިރޭސި ޕްރެމިއާ ލީގެވެ.