ސްކޫލް

މަޖީދިއްޔާގައި ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

މިއަދަކީ މިއަހަރުގެ ކުޑަކުދިންގެ ދުވަސްކަމުން ގިނަ ސްކޫލުތަކެއްގައި މި ދުވަސް ދަނީ ފާހަނގަކުރަމުންނެވެ. އެގޮތުން މަޖީދިއްޔާގައި ވެސް މި ދުވަސް ފާހަގަ ކޮއްފައިވަނީ އެހެން އަހަރުތަކާއި ވަރަށް ތަފާތު އަދި ކުލަގަދަކޮށެވެ.

މަޖީދިއްޔާގައި މިދުވަސް ފާހަގަ ކުރުމަށް މިއަހަރު ބޭނުން ކޮއްފައިވާ ތީމަކީ ޖަންގައްޔެވެ. މިދުވަސް މަޖީދިއްޔާގައި ފާހަގަ ކުރުމުގެ ގޮތުން މިއަދު ދެ ދަންފަޅީގެ ކުދިންނަށް ވެސް ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވާފައެވެ. ހެދުނު ދަންފަޅީގެ އެސެމްބްލީ އަށް ފަހު ސްކޫލުގައި ވަނީ ކުދިންނަށް ހާއްސަކޮށްގެން ކުޅިވަރުތަކެއް ބާއްވާފައެވެ. މި ކުޅިވަރުތަށް ކުރިޔަށް ދިޔަ ވަގުތު މޯލްޑިވިއަން އައިޑޮލްގެ ޓޮޕް ޓެންގައި ހިމެނޭ ޒަލީފް އަދި އަޒްލީމާ ވަނީ އެކުދިންނަށް ސަޕްރައިޒެއްގެ ގޮތުގައި އެ ސުކޫލަށް ޒިޔާރަތް ކޮއްފައެވެ.

މި ބައިވެރިން ސްކޫލަށް އައުމާއި އެކު ސްކޫލުގެ މްނޭޖްމެންޓާއި ކުދިން ވަނީ މި ދެ ބައިވެރިންނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަދި މީގެ އިތުރުން ކުދިންނަށް ހާއްސަކޮއްގެން ސްކޫލުގައި ވަނީ "މަޖީދިއްޔާ އައިޑޯލް"ގެ ނަމުގައި ލަވަ ކިޔުމުގެ މުބާރާތެއް ބާއްވާފައެވެ. މި މުބާރާތައް އިންސާފު ކުރުމަށް ޖަޖުންގެ ޕެނަލްގެ ބީ ޒަލީފް އާއި އަޒްލީމާގެ އިތުރުން މަޖީދިއްޔާ އާ އަލަށް ގުޅުނު އަންހެން ޓީޗަރެކެވެ. މި މުބާރާތަށް ފަހު ކުދިންނަށް ވަނީ ޒަލީފް އަދި އަޒްލީމާއާއި އެކު ފޮޓޯ ނަގާލުނުމުގެ ފުރުސަތު ދީފައެވެ.

މެންދުރުފަސް ދަންފަޅީގެ އެސެމްބްލީގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއު ވަނީ ބައިވެރި ވެފައެވެ. އަދި ޝަފީއު ވަނީ ދަރިވަރުންނާ މުހާތަބުކޮށް ވާހަކަ ވެސް ދައްކާފައެވެ. މި ދަންފަޅީގެ އެސެމްބްލީ ޝަރަފުވެރި ކޮއްދިނުމަށް މޯލްޑިވިއަން އައިޑޮލްގެ ޓޯޕް ޓެންގައި ހިމެނޭ އަމާން ވެސް ވަނީ ބައިވެރިފައެވެ. އަދި އޭނާ ވަނީ އެސުކޫލުގެ ޕްރައިމެރީ ގްރޭޑްތަކުގެ ކުދިންނާ އެއްކޮށް ފޮޓޯ ނަގާ އެކުދިންނާ އެކު ވަގުތު ކޮޅެއް ހޭދަކޮއްފައެވެ.

މި ދަންފަޅީގެ އެސެމްބްލީއަށް ފަހު އެކުދިންގެ މުދައްރިސުން ވަނީ އެކުދިންނަށް މުނިފޫހި ފިލުވުމުގެ އައިޓަމް ތަކެއް ވެސް ހުށަހަޅާ ދީފަ އެވެ. އަދި އަމާން ވެސް ވަނީ މިކުދިންނަށް އޭނާގެ ލަވަ ކިއުމުގެ ހުނަރު ދައްކާލައިފައެވެ. ދަރިވަރުންނަށްޓަކައި ބެލެމެވެރިންނާ ޓީޗަރުންނާ ގުޅިގެން ވަނީ ކުޅިވަރު ސްޓޯލުތަކްވެސް ތައްޔާރުކޮށްފަ އެވެ. މީގެ އިތުރުން ދިވެހި ސިފަންގެ ފަރާތުން ވެސް ވަނީ ކުޅިވަރުތަކެއް މި ސުކޫލުގައި ދައްކާލާފަ އެވެ. ޕްރައިމެރީ ގްރޭޑްތަކުގެ ކުދިން މިއަދު ސުކޫލަށް އައީ ވެސް ޖަންގަލީގަ އުޅޭ ބަޔެއް ޖަނަވާރުތަށް ސިފަ ކޮއްދޭ ހެދުން ލައިގެންނެވެ.

މާލޭގައި ހުރި އެންމެ ގިނަ ދުވަސް ވީ ސުކޫލު ކަމުގައި މަޖީދިއްޔާ ސުކޫލުގައި މި ދުވަސް މިހާ ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ބެލެނެވެރިންނާ ޓީޗަރުންގެ ފަރާތުން ލިބުނު އެހީއަށް މަޖީދިއްޔާގެ މެނޭޖެމެންޓުންވަނީ ހާއްސަ ޝުކުރެއް ދައްނަވާފައެވެ. މަޖީދައްޔާގެ އިތުރުންވެސް މާލޭގެ އަދި ރާއްޖެތެރޭގެ ހުރިހާ ސުކޫލެއްގައި ކަހަލަ ގޮތަކަށް މިދުވަސް ވަނީ ފާހަގަ ކޮއްފައެވެ.

  • ހައިތަލް

    ވަރައްލޯބި އެކުދިށްއެގޮތައްތިބޭއިރުގަ ހާދަނަލަ ހާދަބަސްއަހާލޮބުވެތިކުދިން ކޮޅެކެވެ

    REPLY
    CLOSE

ފަހުގެ ޚަބަރު