ރަސްދޫ

ގެއްލުނު ރަސްދޫ މީހާ ފެނިއްޖެ

May 12, 2016

މި މަހުގެ ހަތް ވަނަ ދުވަހު މާލެއިން ގެއްލިގެން ހޯދަމުން ދިޔަ އއ. ރަސްދޫ، ރެޑްފްލާވާ، ހުސައިން މުހައްމަދު 30، ފެނިއްޖެ އެވެ. އޭނާ ފެނިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ހުސައިން މުހައްމަދު ފެނުނީ އޭނާ އަމިއްލައަށް ރޭ ފުލުހުންނަށް ގުޅުމަށްފަހު އޭނާ ހުރީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓެއްގައި މަސައްކަތް ކުރަން ކަމަށް ބުނުމުން ކަމަށެވެ.