ގެސްޓް ހައުސް ވިޔަފާރި

ހިންމަފުށީ ތުނޑިން ގެސްޓްހައުސްއަށް ބިން ދޫކުރަނީ

ކ. ހިންމަފުށީ ޓޫރިޒަމް ޒޯނުގައި ގެސްޓް ހައުސް އަޅަން ޝައުގުވެރިވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ނިންމައިފި އެވެ.

ހިންމަފުށީ ކައުންސިލްގެ އިދާރާއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ގެސްޓުހައުސް ހަދައި ހިންގުމަށް ހިންމަފުށީ ހުޅަނގު އުތުރު ތުނޑީ ސަރަހައްދުގައި އޮތް 21,334.63 ގެ ޓުއަރިޒަމު ޒޯނުން 2000 އަކަފޫޓުގެ 8 ބިމާއި، 5000 އަކަފޫޓުގެ އެއް ބިން ކަމަށެވެ. މި ނުވަ ބިން ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމާފައިވަނީ 30 އަހަރު ދުވަހުގެ މުއްދަތަށެވެ.

މި ބިންތަކުގައި، އަމިއްލަ ހަރަދުގައި ޓޫރިސްޓު ގެސްޓުހައުސްއެއް އިމާރާތްކޮށް، އެ ޓޫރިސްޓު ގެސްޓުހައުސް އިމާރާތްކުރުމަށްފަހު، ޓޫރިސްޓު ގެސްޓުހައުސް ހިންގައި، ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.