މާރާމާރީ ހިންގުން

މާރާމާރީ ހިންގައި، ޒުވާނަކު ޒަހަމްކޮށްލައިފި

މާލޭގައި މިރޭ މާރާމާރީއެއް ހިންގާ މީހަކު ޒަަހަމްކޮށްލައިފި އެވެ.

ހެންވޭރުކޮޅުގައި ހިންގި މާރާމާރީގެ މަންޒަރު ދުށް މީހަކު ބުނި ގޮތުގައި މިރޭ މާރާމާރީ ހިންގާފައިވަނީ ސައިކަލްތަކެއް އައި ގުރޫޕަކުން ހެންވޭރު "ރާކިން" ކިޔާ ފިހާރައިގެ ކައިރީގައި ހުރި ޒުވާނަކަށް ހަމަލާދީގެން ކަމަށެވެ. އަވަސްގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު އެ ސަރަހައުގައި ޒަހަމްވި ޒުވާނާގެ ގައިގެން އޮހޮރުނު ލޭތައް ވެސް ހުއްޓެވެ.

އެ މަރާމާރީގައި އޭނާ ޒަހަމްވުމުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދޭން ފަށާފައެވެ.

މި މާރާމާރީގައި ޒުވާނަކަށް އަނިޔާވެފައިވާއިރު، މާރާމާރީ ހިންގި ގުރޫޕް މީހުން ދުއްވި ދެ ސައިކަލެއް އެ ސަރަހައްދަށް ވަނީ ދޫކޮށްލާފަ އެވެ. ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މގެ ދުވަސްކޮޅެއް ކުރިން މާލޭގައި ވަނީ ގްރޫޕް މާރާމާރީތަކެއް ވެސް ހިންގާފަ އެވެ.