ޓެކްނޯލޮޖީ

އިންސްޓަގްރާމް: ފަހުގެ އަޕްޑޭޓް ކަމުދޭތަ؟

މި ނިމުނު ހަފްތާއަކީ ޓެކްނޮލޮޖީއަށް ލޯބި ކުރާ ފަރާތްތަކަށް ސިހުމެއް ގެނައި ހަފްތާއެކެވެ. ހަފްތާ ނިމުމަކާ ކައިރި ވެފައި ވަނިކޮށް އަހަރަމެންނަށް ފެނުނީ ތަފާތު މަންޒަރެކެވެ. ދުނިޔޭގެ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އެންމެ ނަން ހިނގާ އެއް ސޯޝަލް ނެޓްވާކު ކަމުގައި ވާ އިންސްޓަގްރާމްގެ އައިކަން ބަދަލު ވި މަންޒަރެވެ.

އުފެދުނީއްސުރެ ބޭނުން ކުރަމުން އައި އިންސްޓަގްރާމްގެ އައިކަން ބަދަލު ކޮއްފައިވަނީ ވޭތުވެދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. ކުރިން ބޭނުން ކުރަމުން އައި ދަނބު ކުލައިގެ އައިކަން މިހާރު ހުރީ ގިނަ ކުލަތަކެއްގެ މިކްސް އެއް ގޮތުގައެވެ. އަދި އޭގެ އިތުރުން ކުރިން ބޭނުންކުރި އައިކަން އާ ހިލާފަށް މި އައިކަން ގައި ކެމެރާ ރަމްޒުކޮއްދެވިފައިވާނީ ތަފާތު އަދި ވަރަށް ފަސޭހަ ގޮތަކަށެވެ. އަދި ކުލަތަށް މިކްސް ކޮއްފައިވާނީ ގްރެޑިއަންޓަށެވެ.

އައިކަންގެ އިތުރުން އެޕްލިކޭޝަންގެ އެތެރެއަށް ވެސް ވަނީ ގިނަ ބަދަލު ތަކެއް ގެނެސް ވިފައެވެ. އެގޮތުން އެޕްލިކޭޝަންގެ އެތެރެ މިފަހަރު ޑިޒައިން ކުރެވިފައިވަނީ ކަޅާއި ހުދުންކަން ފާހަގަކުރެއެވެ. އަދި އެޕްލިކޭޝަން ތެރޭގައި ނޮޓިފިކޭޝަން ވެސް ޑިސްޕްލޭ ވަމުން ދާނީ ރަތް ކުލައިންނެވެ. އެގޮތުން މިހާރު މި އެޕްލިކޭޝަން ބަލާލަން މާ ހިއްފަސޭހައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އިންސްޓަގްރާމްއިން ބުނާ ގޮތުގައި އެމީހުންގެ އައިކަން ގެނައި ބަދަލަކީ އެ އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްތަކުގެ އެދުމަކަށް ގެނައި ބަދަލެކެވެ.

މި އައިކަން އަޕްޑޭޓް ވުމާއި އެކު އެހެނިހެން ސޯޝަލް މީޑިޔާ ތަކުގައި މި އައިކަން އަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން ގިނަ ބަޔަކު ބުނާ ގޮތުގައި އައިކަން އަށް ގަނައި ބަދަލަކީ ވަރަށް ކުޑަކުދިންގެ ސްޓައިލެކެވެ. މީގެ އިތުރުން ބަޔެއް މީހުން ބުނަނީ މި އެޕްލިކޭޝަންގެ އެތެރެ އަށް ގެނައި ބަދަލު ކިތަން ނަލަ އަސް އެޕްގެ އައިކަން އަށް އެއަށް ވުރެ ރީތި ބަދަލެއް ގެނެވޭނެ ކަމަށެވެ. އައިކަން އަށް ޖޯކު ޖެހުމުގައި ގިނަ މީހުން އަލި އަޅުވާލީ ގްރޭޑިއަންޓަށެވެ. ގްރޭޑިއަންޑް އެފެކްޓްއަކީ ދުނިޔޭގައި ވަރަށް މަޝްހޫރު އަދި އެހާާމެ ފަސޭހައިން ކުލަ މިކްސް ކޮއްލެވޭ އެފެކްޓެކެވެ. ގްރޭޑިއަންޓް އެފެކްޓް މި އައިކަން އަށް ގެނެވިފައި ވުމަކީ މި އައިކަން އަށް އިތުރު ފުރިހަމަ ކަމެއް ގެނެސް މި އައިކަން ތަފާތު ކޮއްދިން ކަމެއް ކަމަށް މި އައިކަން ކަމުދިޔަ ބަޔެއް ފަރާތްތަށ ބުނެއެވެ.

އިންސްޓަގްރާމްގެ ރަސްމީ އެޕްލިކޭޝަންގެ އިތުރުން އިންސްޓަގްރާމް އިން ޑިވެލޮޕްކޮށް އޮޕަރޭޓް ކުރަމުން ދާ އިތުރު ތިން އެޕްލިކޭޝަނެއް ވެސް ވަނީ އަޕްޑޭޓްކުރެވިފައެވެ. އަޮގޮތުން އެ ތިން އެޕްލިކޭޝަނަކީ ލޭޔައުޓް، ބޫމަރެންގް އަދި ހައިޕާލޭޕްސް އެވެ.

ދުނިޔޭގައި ފޭސްބުކަށް ފަހު އާމުންގެ ތެރޭގައި އެންމެ ބޭނުން ކޮއްލެވޭ އެޕްލިކޭޝަނަކީ އިންސްޓަގްރާމޭޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އިންސްޓަގްރާމްއަށް ވަނީ ގިނަ ބަދަލުތަކެއް އައިސް ގިނަ ފީޗާތަކެއްވެސް އިތުރު ކުރެވިފައެވެ. އަދި މިހާރު ދުވާލެއްގެ މައްޗަށް 80 މިލިއަން ފޮޓޯއާއި ވީޑިޔޯ އިންސްޓަގްރާމްއަށް އަޕްލޯޑުވާކަމަށް އިންސްޓަގްރާމްގެ ތަފާތުހިސާބުތަކުން ދައްކައެވެ. ދިވެހިންގެ ތެރޭގައި އިންސްޓަގްރާމްގެ ފޯރި މާ ގަދައެވެ. ކޮންމެ މުނާސަބަތެއްގައިވެސް އިންސްޓައަށް ފޮޓޯއެއް ނުލެވޭނަމަ އެއީ މުނާސަބަތަކަށް ނުވާހެންނެވެ. ކުޑަމިނުން ހުކުރު ހުވަހު ހެޕީ ފްރައިޑޭ ވެސް ކިޔާލެވެނީ ހިއްގައިމު ފޮޓޮއެއް އިންސްޓަ ކޮއްލެވުމާއެކުގައެވެ. އެހެން ކަމުން އަހަރަމެން ދިވިހިންގެ ތެރޭގައި އެންމެ ފަހުގެ އަޕްޑޭޓް ކަމުދޭބާ؟