ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ކަރެކްޝަނަލް ސާވިސް އިން ދެ މުވައްސަސާގެ ގާނޫނީ މަސްއޫލިޔަތު ތަކާބެހޭގޮތުން މަޝްވަރާކޮށްފި އެވެ.
މި ބައްދަލުވުމުގައި ދެ މުއައްސަސާގެ ގާނޫނީ ވާޖިބު އަދާކުރުމަށް މަގު ފަހިކުރުމަށާއި މައްސަލަތައް ނިންމުމުގައި ދެފަރާތުން އެއްބާރުލުން ދޭން ވަނީ މަޝްވަރާކޮށްފަ އެވެ.
މިބައްދަލުވުމުގައި ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒިލާލް އާއި އެންއައިސީ ރައީސް މުޙައްމަދު ފަރުހާދުއާއި، ނާއިބު ރައީސް ޔޫސުފް މާނިއު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.