ކުޅުދުއްފުށި

ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓް އަޅަން ބިން ހިއްކައިދޭނެ ބަޔަކު އަލުން ހޯދަނީ

ށ. ފުނަދޫ އާއި ހދ. ކުޅުދުއްފުށި އެއާޕޯޓް ހަދައި ތަރައްގީ ކުރަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން އަލުން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކުރިން ކުރި އިއުލާނާ ގުޅިގެން ހުށަހެޅުނު ބީލަންތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެ ބީލަންތައް ބާތިލުކޮށް، މި މަސައްކަތްތައް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

އެ މަސައްކަތްތައް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށާއި ބީލަންތަކުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށް އިއުލާނުގައިވެ އެވެ.

ބީލަމުގައި ބައިވެރިވާން 1,500ރ. ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އެ ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހަށެވެ. އަދި ބީލަން ހުށަހަޅާއިރު ޓެކްސް ކްލިއަރެންސް ރިޕޯޓް ހުށަހަޅަންޖެހެ އެވެ.