ހަބަރު

ސީރިއާގައި ހުކުމެއް ތަންފީޒުކޮށް، ރާއްޖެ ނާދެވިހުރި ދިވެއްސަކު މަރުވެއްޖެ

ސީރިއާގެ ޖަލުގައި ހުކުމެއް ތަންފީޒުކޮށް، ރާއްޖެ ނާދެވިފައިހުރި ދިވެއްސަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ ސީރިއާ ޖަލުގައި 10 އަހަރު ހޭދަކޮށްފައިވާ އިބްރާހިމް އަބްދުލްރަހްމާން ނަމަކަށް ކިޔާ މީހެކެވެ. އޭނާއާ ގުޅޭ އިތުރު ވަނަވަރެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، އޭނާ މަރުވެފައިވަނީ ސިއްހީ މައްސަލައެއް ކުރިމަތިވެގެން ކަމަށެވެ.

އިބްރާހިމް، ސީރިއާ ޖަލަށްލާފައިވަނީ 10 އަހަރަށެވެ. އޭނާ މަރުވި އިރު ވަނީ ހުކުމް ތަންފީޒުކޮށްފަ ނިމިފަ އެވެ. ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު ވެސް އޭނާއަށް ރާއްޖެ ނާދެވިފައިހުރީ ބައެއް އިދާރީ ކަންކަން ނުނިމިގެންނެވެ. އޭނާ ޖަލަށްލާފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، އޭނާ މަރުވި ހަބަރު އާއިލާއަށް ހިއްސާކޮށްފައިވާ ކަމަށާއި އޭނާގެ ޖަނާޒާގެ އިންތިޒާމްތައް މިނިސްޓްރީން މިހާރު ހަމަޖައްސަމުންދާ ކަމަށެވެ. އޭނާ ޖަލަށްލާން ހުކުމް ކުރި ދުވަހުން ފެށިގެން ވެސް އޭނާގެ ހާލު ބަލައި އެ މައުލޫމާތު އާއިލާއަށް ހިއްސާކުރަމުން ދިޔަ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.