ޕާކިސްތާން

ކަޝްމީރާބެހޭ ގޮތުން ޕާކިސްތާނުން އިންޑިއާއަށް ފޮނުވި ބިލް ބަލައެއް ނުގަތް

އިންޑިއާގެ ޗާޓްތަކުގައި ކަޝްމީރު ހިމަނަމުންދާތީ، ޕާކިސްތާނުން ކަންބޮޑުވުން ފާޅުކޮށް އެގައުމުގެ ހުއްދަ ހޯދުމަށްފަހު ނޫނީ ކަޝްމީރު ނުހިމެނޭ ގޮތަށް ގާނޫނު ބައްޓަން ކުރަން އިންޑިއާއަށް ފޮނުވި ބިލް ބަލައިނުގަނެ އަނބުރާ ފޮނުވާލައިފި އެވެ.

ޕާކިސްތާނުން ބުނީ އިންޑިއާގެ މެޕްތަކުގައި ކަޝްމީރު އޮތުމަކީ ރަނގަޅުގޮތެއް ނޫން ކަމަށެވެ. އެ ޗާޓްތައް ދައްކާގޮތުން ކަޝްމީރަކީ ހަމައެކަނި އިންޑިއާއަށް ނިސްބަތްވާ ރަށެކެވެ. ކަޝްމީރަކީ އިންޑިއާ، ޕާކިސްތާން އަދި ޗައިނާއާ ތިން ގައުމަށް ބަހާފައިވާ ތަނެއް ކަމެއް ދޭހައެއް ނުވެ އެވެ.

ކަޝްމީރަކީ އިންޑިއާ އާ ޕާކިސްތާނުން ވެސް ދެ ގައުމުގެ އަވަށެއް ކަމަށް ބުނެ ތަޅާފޮޅަމުންދާ ރަށެކެވެ. ކަޝްމީރު ދެބަޔަށް ބަހާލާފައިވަނީ 1948 ގަ އެވެ.

މި ބިލް ބަލައި ނުގަތުމުން ޕާކިސްތާނުންވަނީ ކަންބޮޑުވުން ފާޅުކޮށް ޔޫއެން އަށް ސިޓީއެއް ފޮނުވާފަ އެވެ. ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނީ ޖައްމޫ އަދި ކަޝްމީރު އިންޑިއާގެ މެޕްގެތެރޭގައި ހިމެނުމަކީ ކަނޑައެޅިގެން ގޯސް ގޮތެއް ކަމަށާއި އެއީ މަނާ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ ހުށަހަޅާފައިވާ ބިލަކީ އިންޑިއާގެ ލެޖިސްލޭޓިވް މައްސަލައެއް ކަމަށާއި ކަޝްމީރު އަދި ޖައްމޫ އަކީ އިންޑިއާގެ ބައެއް ކަމަށެވެ.

"އިންޑިއާއަކަށް ނޫން އެހެން ގައުމަކަށް ވެސް މިކަމާ ބެހޭގޮތުން އެއްޗެއް ބުނުމުގެ ހައްގު ލިބިގެން ނުވޭ،" އިންޑިއާގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ބިލުގެ ސަބަބުން ގޫގުލް، އެޕަލް އަދި ޔޫބާ ގެ ޑިޖިޓަލް މެޕްތަކަށްވެސް ބަދަލު އަންނާނެ އެވެ. އަދި އެފަދަ މެޕްތައް ތައްޔާރުކުރަން ލައިސަންސް ނަގާފައިތިބި ފަރާތްތަކަށް ގެއްލުންވާނެ އެވެ. މި ބިލުގައިވާ ޖިއޯސެޕްޓިކަލް މައުލޫމާތު، މެޕް، ރޯ ޑޭޓާ އަދި ފޮޓޯ ނެގުމަކީ މަނާކަމެކެވެ. އެއާ ހިލާފުވާ މީހުން އެއް ބިލިއަން ރުޕީސް އިން ޖޫރިމަނާކުރަންވަނީ ހުށަހަޅާފަ އެވެ.