ރޯދަ މަސް

ރޯދަ މަހު ފިހާރަތައް ރޭގަނޑު 11 އަށް، ކެފޭތައް މެންދަމު 3 އަށް

ރޯދަ މަހުގައި ފިހާރަތައް ރޭގަނޑު 11:00 ޖަހަންދެއް އަދި ކެފޭތަކައް މެންދަމު 3:00 ޖަހަންދެއް ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކްނޮމިކް މިނިސްޓްރީ އިން ނިންމައިފި އެވެ. މި އަހަރު ރޯދަ މަސް ފަށަނީ ޖޫން ހަވަނަ ދުވަހު އެވެ.

އެ މިނިސްޓްރީ އިން ބުނީ ރޯދަމަހުގެ ރޭތަކާއި ޖެހިގެން އަންނަ ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު، އިމްޕޯޓް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ ރޭގަނޑު 11:00 ޖަހަންދެން ކަމަށެވެ. އަދި ކެފޭ ހޮޓާ ރެސްޓޯރެންޓް ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ އިރުއޮއްސުމާ ހަމައިން ފެށިގެން މެންދަމު 3:00 ޖަހަންދެން ކަމަށެވެ.

އެހެން ކަމުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ފިހާރަތަކާއި ކެފޭތަކުން އެ ގަޑިތަކަށް އަމަލު ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ އަންގާފަ އެވެ.

މިހާރު ފިހާރަތައް ރޭގަނޑު ބަނދު ކުރަނީ 10:00 ޖަހައި އިރުއެވެ. އަދި ކެފޭތައް 12:00 އިރު ބަނދު ކުރެއެވެ.