ސުނާމީ ބިނާ މައިޒާން

ދޯންޏަކުން ޖެހި ސުނާމީ ބިނާ މައިޒާނަށް ގެއްލުންވެއްޖެ

May 20, 2016

މިދިއަ މާޗްމަހުގެ ތެރޭގައި ތަރައްގީކޮށް ބޭނުން ކުރަން ފެށި ސުނާމީ ބިނާ މައިޒާނުގެ ބޭރު ތޮށިގަނޑުގައި ދޯންޏެއް ޖެހި ތޮށިގަނޑާއި ރެއިލިންގެ ބޮޑު ބަޔަކަށް ގެއްލުންތައް ލިބިއްޖެ އެވެ. މިއަދު ހެނދުނު ހިނގި މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

ފުލުހުން ބުނީ ދޯނީގެ ކެޕްޓަން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާ ހައްޔަރު ކުރި އޭނާ ދުއްވި ދޯންޏަށް ވެސް ގެއްލުންތައް ލިބުނެވެ. އެ ދޯނި ދަތުރުކޮށްފައި ވަނީ އެ ސަރަހައްދުގެ ޓީ ޖެޓީއަށް ދާށެވެ.