ކޮމަންވެލްތު ޖަމިއްޔާ

ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުން ފަށައިފި

May 22, 2016
1

ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުން މިއަދު ފަށައިފި އެވެ. މިއަދު ސްވިޒަރލެންޑުގެ ޖެނީވާގައި ފެށި ބައްދަލުވުމުގައި މަޝްވަރާ ކުރަނީ 'ހެލްތު ސެކިއުރިޓީ އެންޑް އެކްސެސް ޓް ޔުނިވާސަލް ހެލްތު ކަވަރޭޖްގެ މައްޗަށެވެ. މިއަހަރުގެ ބައްދަލުވުމުގައި މެމްބަރު ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރި މުހިންމު މައުލޫއުތަކުގެ ތެރޭގައި، ސިއްޙީ ހިދުމަތްތައް އެންމެހާ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ފޯރުކޮށްދިނުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ޞިއްޙަތަށްކުރާ އަސަރުތަކާއި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އެކުލަވާލާފައިވާ މުއާހަދާއެއް ކަމުގައިވާ "އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަން" ގެ ދަށުން ޒިކާ ބައްޔާ ދެކޮޅަށް މެމްބަރު ގައުމުތަކުން ކުރެވޭ މަސައްކަތަތްކުގެ މައުލޫމާތު ހިއްސާކުރުމާއި، ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިވާ ފަދަ ގޮތަކަށް ސިއްޙީ ދާއިރާގެ އެކި ހިދުމަތްތަކާއި ސިޔާސަތުތައް ހަރުދަނާކުރެވޭނެ ގޮތްތައް ހިމެނެއެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި ކޮމަންވެލްތުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ އިސްފަރާތްތަކާއި ދެމެދު ގުޅުންބަދަހި ކުރެވި ސިއްޙަތާއިބެހޭ ގޮތުން މުހިންމު ބައިނަލްއަގުވާމީ މަޝްވަރާތައް ވެސް ކުރި އެވެ.

މިއަހަރުގެ ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓާ އޮފް ހެލްތު އިރުތިޝާމް އާދަމެވެ.