މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

މާލޭ ޖަލުގެ ސެކިއުރިޓީ ދިރާސާކޮށްފި

May 23, 2016

މާލޭ ޖަލުގެ ސެކިއުރިޓީ އެސެސްމަންޓެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) އިން ހަދައިފި އެވެ.

މި އެސެސްމަންޓް ކުރިއަށް ގެންދިޔައީ މި މަހުގެ 16 އިން 22 އަށެވެ.

އީއެސްޖީގެ ކޮމާންޑިން އޮފިސަރު ޗީފް ޕްރިޒަން އޮފިސަރު އަބްދުލް ޣަނީ ވިދާޅުވީ މާލޭ ޖަލުގެ ސެކިއުރިޓީ ދިރާސާކޮށް އެކަމާ ގުޅޭގޮތުން ރިޕޯޓް ތައްޔާރުކޮށް، ޖަލުގައި ރަނގަޅު ކުރަންހުރި ކަންކަން ފާހަގަކޮށް އެކަންކަން ރަނގަޅު ކުރަން ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

ޣަނީ ވިދާޅުވީ ކޮންމެ މަހަކުވެސް ކޮންމެވެސް ޖަލަކަށް ޒިޔާރަތްކޮށް، އެ ޖަލެއްގެ ސެކިއުރިޓީ ކަންތައްތައް މޮނީޓާ ކުރާ ކަމަށާއި ރަނގަޅު ކުރަންހުރި ކަންތައްތައް ފާހަގަކޮށް، ރަނގަޅު ކުރާ ކަމަށެވެ