އާދަމް ޝަރީފު އުމަރު

ޑިފެންސް މިނިސްޓަރު ޕާކިސްތާނަށް ވަޑައިގެންފި

May 23, 2016

ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ޕާކިސްތާނަށް ފުރާވަޑައިގެންފި އެވެ.

މިނިސްޓަރު އާދަމް ޝަރީފްގެ ދަތުރުފުޅުގައި، ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ އެވެ. އަދި ދެ ގައުމުގެ އަސްކަރީ ދާއިރާގެ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރެވޭނެ ގޮތްތަކާބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ އެވެ.

މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅަކީ، ޕާކިސްތާނުގެ މިނިސްޓާ އޮފް ޑިފެންސް ހަވާޖާ މުޙައްމަދު އާސިފްގެ ދަޢުއުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.