ޕީއެސްއެމް

އޭޝިޔާ މީޑިއާ ސަމިޓްގައި ޕީއެސްއެމް ބައިވެރިވެއްޖެ

May 24, 2016

އޭޝިޔާގެ އެންމެ ބޮޑެތި މީޑިއާތައް ބައިވެރިވެގެން އަހަރަކު އެއްފަހަރު ބާއްވާ، އޭޝިޔާ މީޑިއާ ސަމިޓްގައި ޕީއެސްއެމް އިން ރާއްޖެ ތަމްސީލް ކުރަމުން އެބަ ގެންދެ އެވެ.

އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޮޑްކާސްޓިން ޑިވަލޮޕްމަންޓް، އޭއައިބީޑީ ބާއްވާ އެ ސަމިޓްގައި ޕީއެސްއެމްގެ ފަރާތުން ބައިވެރިވަނީ، އެ ކުންފުނީގެ ބޯޑް ޗެއާމަން، އިބްރާހިމް އުމަރު މަނިކާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދު އަދި ޕީއެސްއެމްގެ ބޯޑް މެންބަރު މުހައްމަދު ޝާގިލް އެވެ. އަދި ބްރޮޑްކާސްޓިން ކޮމިޝަންގެ ފަރާތުން ބައިވެރިވަނީ، ބްރޮޑްކޮމްގެ ކޮމިޝަނަރު މުހައްމަދު އަސްލަމް އެވެ.

ކޮރެއާގައި މި މަހުގެ 24 އިން 26 އަށް ބާއްވާ މީޑިއާ ސަމިޓްގައި އޭޝިޔާގެ ބްރޮޑްކާސްޓިން ދާއިރާ ތަރައްގީ ކުރުމާއި ޒަމާނީ ނޫސްވެރިކަމެއް އާލާކުރުމާއި މީޑިއާތައް ތަރައްގީ ކުރުމުގައި މީޑިއާގައި ސޯޝަލް މީޑިއާގެ މުހިންމު ދައުރާއި ނިއު މީޑިއާގެ އެހެނިހެން ވެސް ވަސީލަތްތައް ބޭނުންކޮށްގެން މީޑިއާގެ ވިޔަފާރި ތަރައްގީ ކުރުންފަދަ ކަންކަމާ މެދު މި ސަމިޓްގައި މަޝްވަރާ ކުރާނެ އެވެ.

މި ސަމިޓްގައި މީޑިއާ އާއި މީޑިއާ ގުޅުން ހުރި އެކި ދާއިރާތަކުން އިސް ބޭފުޅުން މި ސަމިޓްގައި ތަގުރީރު ވެސް ކުރައްވާނެ އެވެ.