ޕާކިސްތާން

ޕާކިސްތާނުން ހަތިޔާރު ގަންނަން ރާއްޖެއިން ޝައުގުވެރިވެއްޖެ

May 26, 2016

ރާއްޖޭގެ ސިފައިންނަށް ބޭނުންވާ ހަތިޔާރު ޕާކިސްތާނން ގަތުމަށް ރާއްޖެއިން ޝައުގުވެރިވެއްޖެ އެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން ޕާކިސްތަނުގެ "ދަ ނޭޝަން" ގައި ބުނެފައި ވަނީ އެ ގައުމުގައި ހަތިޔާރު އުފައްދާ އެންމެ ބޮޑު ފެކްޓްރީއަށް ދިވެހި ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަޑައިގެން އެ ފެކްޓަރީން ރާއްޖެއަށް ހަތިޔާރު ގަތުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކަމަށެވެ. -- އެއީ ޕާކިސްތާން އޯޑްނަންސް ފެކްޓްރީސް (ޕީއޯއެފް) އެވެ. އެ ފެކްޓަރީއަކީ މިހާރު ވެސް ދުނިޔޭގެ 30 ގައުމަކަށް ހަތިޔާރު ވިއްކާ ބޮޑު ފެކްޓްރީ އެކެވެ.

އެ ނޫހުގައި ބުނެނީ ޕީއޯއެފުން ވެސް ރާއްޖެއަށް އަސްކަރީ އުފެއްދުންތައް ފޯރުކޮށްދޭން ޝައުގުވެރިވާކަމަށާއި ރާއްޖެއިން ބޭނުން ވެއްޖެ ނަމަ އެކަން ކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބާރުގަދަ ގޮވާ ތަކެއްޗާއި ރޮކެޓާއި ބަޑިއާއި ހިމެނެ އެވެ.