ވިޔަފާރި

ޓީސީއެލް މަރުކާގެ ސާމާނާއެކު ޕޮޕިއުލާ ޓްރޭޑް ހުޅުވައިފި

May 28, 2016

އެމެރިކާގައި އެންމެ ހިނގާ ޓީވީ ބްރޭންޑް "ޓީސީއެލް" އާއެކު ޕޮޕިއުލާ ޓްރޭޑްގެ ފިހާރަ ހުޅުވައިފި އެވެ.

މަޖީދީމަހު (ކުރީގެ އިވްނިން ގްލޯރީ) ކައިރީގައި ހުޅުވާފައިވާ ޕޮޕިއުލާ ޓްރޭޑްގެ ފިހާރަ ހުޅުއްވައި ދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދެވެ.

ޕޮޕިއުލާ ޓްރޭޑުން ބުނީ ދުނިޔޭގެ ބާޒާރުގައި ތިންވަނަ އަށް އެންމެ މަގުބޫލު ޓީވީ ބްރޭންޑު ކަމަށްވާ "ޓީސީއެލް" އާއެކު ހުޅުވި މި ފިހާރައިން އެންމެ ފަހުގެ ޓެކްނޮލޮޖީތައް ހިމަނާފައިވާ ޓީވީތައް ލިބެން ހުންނާނެ ކަމަށެވެ. މި ޓީވީތަކުން ކުރިއަށް އޮތް ޔޫރޯ އާއި ކޮޕާ އެމެރިކާ ފަދަ ކުޅިވަރުގެ އީދުތައް ބަލައިލުމަށް ރަނުގެ ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ.

ޓީސީއެލްއަކީ ދުނިޔޭގައި އުފައްދާ ޓީވީގެ އެކި ބައިތައް ތައްޔާރު ކުރުމަށް އެންމެ މަގުބޫލު އެއް ބްރޭންޑެވެ. މި ބްރޭންޑަކީ 4 ކޭ ޔޫއެޗްޑީ ޓީވީ އުފެއްދުމަށް ވެސް ދުނިޔޭގައި އެންމެ ފުންނާބު އުސް އެއް ބްރޭންޑެވެ.

ޕޮޕިއުލާ ޓްރޭޑުން ބުނީ ޓީސީއެލް ބްރޭންޑަކީ މިދިޔަ އަހަރު އެންމެ ގިނައިން ޓީވީ އުފެއްދި އެއް ބްރޭންޑު ކަމަށާއި މިތަނުން ޓީވީގެ އެކި ސައިޒުތައް ލިބެން ހުންނާނެ ކަމަށެވެ.

"ޓީސީއެލްއަކީ އަމިއްލަ ކޮޓަރި ކޮޅުގައި އަދި ގޭގެ ސިޓިން ރޫމްގައި ބަހައްޓަން އެންމެ ހިތްގައިމު އަދި އެހާމެ މަންޒަރުތައް ސާފު ޓީވީއެކެވެ،" ޕޮޕިއުލާ ޓްރޭންޑުން ބުނެފައިވެ އެވެ.