ބޭރު ކުޅިވަރު

ސަޕޯޓަރުން ހިންގި ހަމަނުޖެހުންތާ ގުޅިގެން މިސްރުގެ ފުޓްބޯޅަ ލީގު މެދުކަނޑާލައިފި

މިސްރުގެ ވެރިރަށް ގާހިރާގެ ސްޓޭޑިއަމެއްގައި ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މިސްރުގެ ފުޓްބޯޅަ ލީގު މެދުކަނޑާލައިފި އެވެ.

މިސްރުގެ މަޝްހޫރު ކްލަބެއް ކަމަށްވާ ޒަމަލެކް އާއި އީއެންޕީޕީއެލް ބައްދަލުކުރި މެޗަށް ގަދަކަމުން ޒަމަލެކްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަންނަން މަސައްކަތްކުރުމާ ގުޅިގެން މަދުވެގެން 22 މީހުން މަރުވެފައިވާ ކަމަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބުނެ އެވެ. ގިނަ މީހުން މަރުވީ ފިތިގެންނެވެ. އަދި މަދުވެގެން 20 މީހުންނަށް އަނިޔާވެފައިވާ ކަމަށްވެ އެވެ.

މި ހާދިސާ އަށް ފަހު ފުލުހުންނާއި ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، މިސްރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފުޓްބޯޅަ ލީގު މެދުކަނޑާލަން ނިންމައިފަ އެވެ.

ހަމަނުޖެހުން ހިނގި ނަމަވެސް، ޒަމަލެކް އާއި އީއެންޕީޕީއެލްގެ މެޗު ކުރިއަށް ގެންދިޔަ އެވެ.

ޒަމަލެކްގެ ސަޕޯޓަރުން ބުނާގޮތުގައި މި ހާދިސާގެ ޒިންމާ ނަގަންޖެހޭނީސަ

މި މައްސަލައިގައި ޒަމަލެކްގެ ސަޕޯޓަރުންގެ ގުރޫޕް "ވައިޓް ނައިޓްްސް"ގެ ވެރިން ހައްޔަރުކުރުމަށް ކޯޓު އަމުރެއް ވަނީ ނެރިފަ އެވެ.

ސަޕޯޓަރުންގެ ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން 2012 ވަނަ އަހަރު ވެސް މިސްރުގެ ފުޓްބޯޅަ ލީގު ވަނީ މެދުކަނޑާލައިފަ އެވެ. އެ ހާދިސާގައި 74 މީހުން މަރުވި އެވެ. އެ ހާދިސާއާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު މަދުކުރަން ހެދި ގަވައިދު އުވާލީ ދާދި ފަހުންނެވެ. އެކަމަކު އަނެއްކާ ވެސް އެ ގަވައިދަށް އަމަލުކުރަން މިސްރުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ނިންމައިފަ އެވެ. -- ބީބީސީ