އެމްޑީޕީ

އެމްޑީޕީގެ ހިސާބުތައް އާންމުކޮށްފި: ހަރަދަށް 8.6 މިލިއަން ރުފިޔާ

މިދިޔަ އަހަރު އެމްޑީޕީއަށް 11.6 މިލިއަން ރުފިޔާ ލިބުނު ކަމަށާއި އެ އަދަދު ތެރެއިން ހަރަދުކޮށްފައިވާނީ 8.6 މިލިއަން ރުފިޔާ ކަމަށް އެމްޑީޕީއިން ބުނެފި އެވެ. ކޮންމެ އަހަރެއްގެ ވެސް އަހަރީ ހިސާބް އާންމުކުރުމަކީ ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ ދަށުން ޕާޓީތަކަށް ލާޒިމުކުރާ ކަމެކެވެ.

އެ ޕާޓީން މިއަދު އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެމްޑީޕީއިން އެންމެ ބޮޑު ހަރަދެއްކޮށްފައިވާ ޕާޓީން ހިންގި “އިންސާފުގެދަތުރު” ކެމްޕެއިނަށެވެ. އެގޮތުން އެ ކެމްޕްއިން އަށް 2.7 މިލިއަން ރުފިޔާ ހަރަދުކޮށްފޮށްފައިވެއެވެ. ޕާޓީ ޕްރޮމޯޝަން އަށް 1.8 މިލިއަން ރުފިޔާ ހަރަދުކުރިއިރު 1.1 މިލިއަން ރުފިޔާ މުއައްޒިފުންނަށާއި އޮފީސް އިމާރާތާ ހަރުގެ ކުލީގެ ގޮތުގައި ނުވަ ލައްކަ ރުފިޔާ ހަރަދުކޮށް، ޖުމްލަ 8.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މިދިޔަ އަހަރު އެމްޑީޕީ އެމްޑީޕީއަށް 11.6 މިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެ ތެެރެއިން 6.9 މިލިއަން ރުފިޔާއަކީ ދައުލަތުން ލިބުނު ފައިސާ އެވެ.

ކުރީ އަހަރުތަކޭކޭ އެއްފަދައިން 2015 ވަނަ އަހަރުވެސް އެމްޑީޕީ ގެ އަހަރީ ހިސާބު އޮޑިޓްކޮށްފައިވަނީ ބައިނަލް އަގްވާމީ އޮޑިޓް ފާމް އެއްކަމަށްވާ އާންސް އެންޑް ޔަންގް ( އީ އެންޑް ވައި) އޮޑިޓް ފާރމް އިންނެވެ. އަހަރީ ހިސާބުތައް އޮޑިޓްކުރުމަށްފަހު އޮޓިޑަރު ދެއްވާފައިވާ ރައުޔުގައިވަނީ 2015 ވަނަ އަހަރު އެމްޑީޕީގެ ހިސާބަތައް ބެލެހެއްޓުމުގައި ބައިނަލް އަގްވާމީ އެކައުންޓި މިންގަނޑުތައް ހިފަހައްޓާވާ ކަމަށާއި މި ހިސާބުތަކުން ޕާޓީގެ މާލީ ހާލަތު ބުނެދޭ ކަމަށެވެ.