ބޭރު ކުޅިވަރު

މޮރީނިއޯގެ އެސިސްޓެންޓަކަށް ފާޑިނަންޑް ގެންނަނީ

May 31, 2016

މެންޗެސްޓާ ޔުނައިޓެޑުގެ އާކޮޗު ހޯސެ މޮރީނިއޯ އޭނާގެ އެސިސްޓެންޓް ކޯޗަކަށް އެކުލަބުގެ ކުރީގެ ކެޕްޓަން ރިއޯ ފާޑިނަންޑް ގެންނަން މަސައްކަތް ފަށައިފި އެވެ.

ޗެލްސީގެ ކުރީގެ ކޯޗު ފާޑިނަންޑް އެ މަގާމަށް ގެންނަށް މަސައްކަތް ފެށީ މިހާރުގެ އެސިސްޓެންޓް ކޯޗު ރަޔަން ގިގްސް ޓީމުގައި މަޑުކުރުމާމެދު ސުވާލު އުފެދުމުންނެވެ. މޮރީނިއޯއާއެކު ގިގްސް މަސައްކަތްކޮށްފާނެ ކަމާމެދު ކުރިން ވަނީ ސުވާލުއުފެދިފަ އެވެ. އެއީ ޗެލްސީގެ ކޯޗުކަމުގައި މޮރީނިއޯ ހުރި ދުވަސްވަރަކީ ގިގްސް ޔުނައިޓެޑުގައި ކުޅުނު ދުވަސްވަރު ކަމަށްވެފައި އެއިރުއްސުރެ އޮތް ވާދަވެރިކަމުގެ ސަބަބުންނެވެ. އަދި އެންމެ ފަހުން ހުރި ކޯޗު ލުއިސް ވެންހާލް މަގާމުން ވަކިކުރިގޮތާމެދު ވެސް ގިގްސް ހިތްހަމަނުޖެހެ އެވެ.

ނަމަވެސް މޮރީނިއޯ މިހާރުވަނީ ގިގްސް އަށް 21 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ހުށަހަޅާފައިކަމަށް އިނގިރޭސި މީޑިޔާއިން ބުނެ އެވެ. ނަމަވެސް ގިގްސް ފާއިތުވެދިޔަ 29 އަހަރު އެކުލަބުގައި ހޭދަކުރި ގިގްސް މިކަމާމެދު އަދި ވަކިގޮތެއް ނުނިންމަ އެވެ.

ފާޑިނަންޑް ކޯޗަކަށް މޮރީނިއޯ ބޭނުންވާ ސަބަބަކީ ކުލަބު ރަނގަޅަށް އެނގޭ އަދި ޔުނައިޓެޑުގައި ކާމިޔާބު ހޯދާފައިވާ ކުރީގެ ކުޅުންތެރިއަކު ކޯޗިން ޓީމުގައި ބަހައްޓަން ބޭނުންވުމެވެ. އެއީ ކުޅުންތެރިންނާއި ކޯޗިން ޓީމުގެ ގުޅުން ރަނގަޅު ކުރުމަށެވެ.

ޔުނައިޓެޑާއެކު ހަ ފަހަރު އިނގިރޭސި ލީގު ކާމިޔާބުކޮށްފައިވާ ފާޑިނަންޑް ވަނީ އެކުލަބަށް 444 މެޗު ކުޅެދީ އަށް ގޯލު ޖަހައދީފަ އެވެ.