މެލޭޝިޔާ

މާދަމާއިން ފެށިގެން މެލޭޝިއާއަށްދާ ދިވެހިންނަށް 90 ދުވަހުގެ ވިސާ

މެލޭޝިއާއަށްދާ ދިވެހިންނަށް އޮން އެރައިވަލް ވިސާގެ ގޮތުގައި 90 ދުވަސް ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ. ފޮރިން މިނިސްޓްރީން ބުނީ، ދިވެހިންނަށް މެލޭޝިއާއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ނިންމާފައިވާކަން އަންގާފައިވާ ކަމަށާއި، އެކަމަށް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަށެވެ.

މީގެކުރިން އޮން އެރައިވަލް ވިސާގެ ގޮތުގައި މެލޭޝިއާއަށްދާ ދިވެހިންނަށް ދެނީ 30 ދުވަހެވެ.

މެލޭޝިއާގެ އޮންއެރައިވަލް ވިސާ 90 ދުވަހަށް އިތުރުކުރަން މަޝްވަރާކޮށްފައިވަނީ، މިދިޔަ މާޗް މަހު ރައީސް އަބްދުﷲ ޔާމީން މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. ވިސާ އިތުރުކޮށްދެން ނިންމާފައިވާކަން މެލޭޝިއާއިން އިއުލާންކޮށްފައިމިވަނީ ވެސް ރައީސް އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނިކޮށެވެ.

އެ މަޝްވަރާގައި އޮންއެރައިވަލް ވިސާ 90 ދުވަހަށް ބަދަލުކުރުމުގެ އިތުރުން ޑިޕެންޑަންޓް ވިސާގެ މައްސަލައަށް ރަނގަޅު ހައްލެއް ހޯއްދަވާދެއްވާނެ ކަމުގެ ޔަގީންކަން ވެސް ބޮޑު ވަޒީރު ދެއްވާފައިވެ އެވެ.