ހަބަރު

ގާނޫނުއަސާސީއާއި ހިލާފަށް ކޮށްފައިވާ ކަންކަން ކޯޓްގައި ސާބިތު ކުރާނަން: ޖޭޕީ އެމްޑީޕީ

Feb 10, 2015
2

މިހާރުގެ ސަރުކާރުން ގާނޫނުއަސާސީއާއި ހިލާފަށް ކޮށްފައިވާ އަމަލުތައް ބަލައި ކޯޓަށް ހުށަހަޅާނެކަމަށް ޖޭޕީން ބުނެފި އެވެ.

ޖޭޕީ އާއި އެމްޑީޕީން އެކުލަވައިލި ޖޮއިންޓް ކޮމިޝަނުން ރޭ ވަނީ އެ ކޮމިޝަނުގެ ފުރަތަމަ ބައްދަލުވުން ބާއްވާފަ އެވެ. އެ ބައްދަލުވުމަށްފަހު ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނު އަސާސީއާއި ހިލާފަށް ކޮށްފައިވާ ކަންކަން ގާނޫނީ ޓީމަކުން ބަލާނެ ކަމަށާއި އެކަންކަން ކޯޓްތަކުގައި ސާބިތުކޮށްދޭން ކޯޓަށް ދާނެ ކަމަށެވެ.  

އޭނާ އެހެން ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް މިހާރުގެ ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމަށައި އެފަދަ ކަމެއް ކޮށްފައިވާނަމަ އެކަމެއް ބުނެދޭން ޖެހޭނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައި ވަނިކޮށެވެ.

އަމީން ވިދާޅުވީ ބައެއް މައްސަލަތަކުގައި ކޯޓަށް ދާއިރު ބައެއް މައްސަލަތައް މަޖިލީހުގެ ތެރެއިން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ބައްދަލުވުމަށްފަހު އެމްޑީޕީން ބުނީ ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން ކުރަމުންދާ ކަންކަމުގެ މައުލޫމާތު ބައިނަލްއަގުވާމީ ދުނިޔެއަށް ގެންދާނެ ކަމަށެވެ.