ހަބަރު

ސަރުކާރުގެ ލިޔުންތައް އެޑްރެސްކުރާ ގޮތަށާއި ސޮއި ކުރާ އުސޫލަށް ބަދަލުގެނެސްފި

ސަރުކާރުގެ އެއް އޮފީހުން އަނެއް އޮފީހަށް ފޮނުވާ ސިޓީތަކާއި ރަސްމީ ލިޔުންތަކުގައި ސޮއި ކުރާނެ އުސޫލާއި އެ ސިޓީތައް އެޑްރެސް ކުރާނެ ގޮތަށް ރައީސް އޮފީހުން ގެނެސްފި އެވެ. 

ރައީސް އޮފީހުންނާއި ދައުލަތުގެ އެހެން މުއައްސަސާތަކުން ސިޓީ ފޮނުވުމުގައި ގެންގުޅޭ އުސޫލަށް އެންމެ ފަހުން ބަދަލު ގެނައީ 2012 ވަނަ އަަހަރު އެވެ. އެ އުސޫލުގައި އުނދަގޫތަކެއް ހުރި ކަމަށް، ބުނެ އަމަލު ކުރަން ފެށި އާ އުސޫލުގެ ދަށުން މައިގަނޑު އަށް ބަދަލެއް ވަނީ ގެނެސްފަ އެވެ. އެއީ:

(1) ވަކި ސިޔާސަތެއް ނުވަތަ އުސޫލެއްގެ ކަނޑައެޅި ހަމަޖެހިފައިވާ ކަންކަމާ ގުޅިގެން ފޮނުއްވާ ސިޓީއާއި ލިޔުންތަކުގައި ސޮއިކުރައްވާނީ މިނިސްޓަރު އެކަމަށް ކަނޑައަޅާ، އެސިސްޓެންޓް ޑިރެކްޓަރުން ފެށިގެން މަތީގެ ވެރިއެކެވެ.

(2)މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ ޕަރމަނަންޓް ސެކްރެޓަރީއެވެ. ނުވަތަ ޕަރމަނަންޓް ސެކްރެޓަރީގެ މަސްއޫލިއްޔަތު އެ ވަގުތަކު ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެކެވެ.

(ށ) މިނިސްޓްރީތަކުގެ ދަށުން ހިނގަމުންދާ ތަންތަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާ ތަންތަނުން ދައުލަތުގެ މިނިވަން މުއައްސަސާތަކަށާއި، މުސްތަޤިއްލު ކޮމިޝަންތަކަށާއި، މުސްތަޤިއްލު އޮފީސްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ އެ ތަނެއްގެ އެންމެ އިސްވެރިޔާއެވެ. ނުވަތަ އެތަނެއް އެވަގުތަކު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެކެވެ.

7. ސިޓީ އެޑްރެސްކުރުމަށް ގެނައި ބަދަލު: