ބޭރު ކުޅިވަރު

އިބްރަހިމޮވިޗް ޔުނައިޓެޑަށް, ސޮއިނުކުރެވިއޮތީ އެޖެންޓްގެ ބުރަކަމުން

ސްވިޑްންގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެން އެއްބަސްވެއްޖެ އެވެ.

އިނގިރޭސި ނޫސްތަކުން ބުނާގޮތުގައި ޔުނައިޓެޑަށް އިބްރހިމޮވިޗަށް ސޮއިނުކުރެވިގެން އުޅެނީ އޭނާގެ އެޖެންޓް މިނޯ ރައިއޯލާ އެހެން މަސައްކަތެއްގައި އުޅޭތީ އެވެ.

ނަމަވެސް ސްވިޑްންގެ ކެޕްޓަން ޔުނައިޓެޑަށް ސޮއިކުރަން ތައްޔާރުވުމުން އެކަމަށްޓަކައި ގައުމީ ޓީމުން އޭނާ ދޫކުރަން ކޯޗު އެރިކް ހަމްރެން މިހާރުވަނީ އެއްބަސްވެފަ އެވެ.

ޔޫރޯ އަށް ތައްޔާރުވާ ގައުމީ ޓީމާއެކު މިވަގުތުހުރު އިބްރަހިމޮވިޗް އަކީ ޔުނައިޓެޑް އަލުން ރާވާލުމަށް އާކޯޗު ހޯސޭ މޮރީނިއޯ ބޭނުންވާ މުހިންމު ކުޅުންތެރިއެކެވެ. އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ނެތް ނަމަވެސް ޔުނައިޓެޑް ވަރުގަދަ ކުރަން މޮރީނިއޯ މަސައްކަތް ފަށާފައިވާއިރު އިބްރަހިމޮވިޗަކީ އޭނާގެ ކޯޗުކަމުގައި އިޓަލީގެ އިންޓަމިލާނުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.

އިބްރަހިމޮވިޗް އެންމެ ފަހުން ކުޅުނީ ފްރާންސްގެ ޕީއެސްޖީ އަށެވެ. ހަތަރު އަހަރުތެރޭގައި އެކުލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް އޭނާ ވަނީ ހޯދައިފަ އެވެ. ބާސެލޯނާ އާއި އިންޓަމިލާން އަދި އޭސީމިލާނާއި ޔުވެންޓަސް އަށް ކުޅުނު އިބްރަހިމޮވިޗް މިހާތަނަށް ނުކުޅޭ ހަމައެކަނި ބޮޑު ލީގަކީ އިނގިރޭސި ލީގެވެ.