އެސްޓީއޯ

ގުރައިދޫ މަރުކަޒަށް އެސްޓީއޯއިން ރޯދަ ހަދިޔާދީފި

Jun 5, 2016
3

މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް އެސްޓީއޯއިން ކ. ގުރައިދޫގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެސްޓީއޯ އިން ރޯދަ ހަދިޔާ ދީފި އެވެ.

އެސްޓީއޯގެ ސީއެސްއާރް ހަރަކާތްތަކުގެ ދަށުން މިދިޔަ އަހަރާއި މިއަހަރު ވެސް އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓުން އަދި އެސްޓީއޯ ސުޕަމާޓުން ވިއްކާ ތަފާތު އައިޓަމްތައް ވާނީ މި ސެންޓަރަށް ހަދިޔާ ކޮށްފައެެވެ.

މީގެ އިތުރުންވެސް އެސްޓީއޯއިން މި މަރުކަޒަށް ކޮންމެއަހަރަކު ޒިޔާރަތްކޮށް އެމަރުކަޒުގެ ބަލިމީހުންގެ ހާލުބަލަމުންދެއެވެ. މިގޮތުން މިއަހަރުގެ ޖެނުއަރީމަހުވެސް އެސްޓީއޯ ގްރޫޕުން މިމަރުކަޒަށްވަނީ ޒިޔާރަތްކޮށް ތަފާތުގިނަ ތަކެތި ހަދިޔާ ކޮށްފަ އެވެ.