ވިލިމާލެ

އަގު ހެޔޮކޮށް ވިލިމާލެއަށް ފެން ވިއްކާ ސެންޓަރެއް ހުޅުވައިފި

ވިލިމާލޭގައި ދިރިއުޅޭ އާބާދީ އާއި ކުދި ވިޔަފާރިތަކަށް ފަސޭހަ ކަމާއެކު ފެން ލިބުމުގެ މަގު ފަހިކޮށްދިނުމަށް އައިލެންޑް ބެވަރޭޖަސް އިން ވިލިމާލޭގައި ހާއްސަ އޮޕަރޭޝަން ސެންޓަރެއް ހުޅުވައިފި އެވެ.

ވިލިމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައި ދެއްވީ އެނާޖީ މިނިސްޓަރު ތޯރިގު އިބުރާހީމެވެ.

އައިލެންޑު ބެވަރޭޖަސް އިން ބުނީ މި ސެންޓަރުގެ ސަބަބުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެއެކޭ އެއް އަގެއްގައި ފެން ފޯރުކޮށްދޭނެ ކަމަށެވެ.

ފަސޭހަ ކަމާއެކު ފެން ލިބުމުގެ މަގު ފަހިވެގެންދާނެއެވެ. މިގޮތުން ވިލިމާލެއަށް ހާއްސަ ކުރެވިގެން ޑެލިވަރީ ހޮޓްލައިން އެއް ވަނީ ގާއިމް ކޮށްފަ އެވެ. ވިލިމާލޭގެ ކަސްޓަމަރުން 9675544 އަށް ގުޅުއްވުމުން ތާޒާ ފެން ޑެލިވަރީ ހަމަޖެހިގެންދާނެއެވެ.

މިގޮތުން ހުޅުވިގެން މިދިޔަ އޮޕަރޭޝަން ސެންޓަރުގެ ސަބަބުން ވިލިމާލޭގައި ދިރިއުޅޭ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ޔަގީންވެ، ސަރުކާރުގެ ވަޒީފާގެ ސިޔާސަތައް އެއްބާރުލުން ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އަމާޒަކީ ސަރުކާރާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސާފު ބޯފެން ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކޮށްދިނުމެވެ.