އައިޖީއެމްއެޗް

ނޭޝަނަލް ކާޑިއަކް ސެންޓަރާއި އޯކިޑް ކޮންފަރެންސް ފެސިލިޓީޒް ހުޅުވައިިފި

Jun 5, 2016
1

ހިތުގެ ބަލިތަކަށް ފަރުވާ ދޭން އައިޖީއެމްއެޗްގައި ހެދި "ނެޝަނަލް ކާޑިއަކް ސެންޓަރު" ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫޟް މިރޭ ހުޅުވައި ދެއްވައިފި އެވެ.

އިންޑިއާގެ މެޑިޓްރިނާ ހޮސްޕިޓަލްސް އާ ހަވާލުކޮށްގެން ގާއިމް ކުރި ސެންޓަރަކީ ގާގަނޑަކަށް 7.5 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ގާއިމް ކުރި ސެންޓަރެކެވެ. ރައީސް ޔާމީން މިރޭ މި ސެންޓަރު ހުޅުއްވައި ދެއްވި އިރު ސަރުކާރުގެ މައި ހޮސްޕިޓަލްގެ ކޮންފަރެންސް ފެސިލިޓީ "އޯކިޑް"، ވެސް ވަނީ ރަސްމީކޮށް ހުޅުވައި ދެއްވާފައެވެ.

އޯކިޑް ކޮންފަރެންސް ފެސިލިޓީޒް ގާއިމްކޮށްފައި ވަނީ ހޮސްޕިޓަލްގެ މުވައްޒަފުންގެ ތަމްރީނުތަކާއި އެހެނިގެން ހަފްލާތައް ވެސް ބޭއްވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާއެކު އެވެ.