ރޯދަ މަހާ ރޯއްޖާ

މިލާނޯގެ ރަހަ ކެނޑި، މޫންކެފޭ ދިވެހި ރަހައިން ލޮނު ހެޔޮކޮށްފި!

Jun 7, 2016
2

މިހާރުގެ ކުދިންނަށް މި ހަގީގަތް ނޭނގި ދާނެ އެވެ؛ އެކަމަކު މިހާރުގެ ކުދިންނަށް ވެސް މޫން ކެފޭ އާއި އެތާނގެ ރަހަތަކަކީ ހަމަ އެއްވަނަ ކަން އެނގޭނެ އެވެ. ކުރިން މޫން ކެފޭގެ "މިލާނޯ" ވަރެއް ނެތް ނަމަވެސް މިހާރު އަރު ތެރެއަށް އެންމެ މީރު ރަހައަކީ މޫން ކެފޭގެ ދިވެހި ރަހަ ގަނޑެވެ. ހޮޓަލުގެ ތެރެއިން "ތަފާތު އަޑުތައް" އެކި ދުވަސްވަރު ނުކުން ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ، ހޮޓަލުގެ ކެއުމުގެ ކިޔޫތައް ދިގު ވެގެން ދަނީ މިހެންވެ އެވެ. ހަމަ ވަނީ، ކުޅުދިޔައި ކޮށްލީ އެވެ.

ރޯދަ މަސް ފެށިގެންދާއިރު މޫންގައި ކޮންމެ ރެއަކު ދިވެހި ކެއުމުގެ ހާއްސަ ބާވަތްތަކާއި ސާމާނު އަތުރާލާފައި ހުންނާނެ އެވެ. އެންމެ ހާއްސައީ އެ ތަނުގެ ދިގު މޭޒުގެ މައްޗަށް ދަމާލާފައި އޮންނަ ދިވެހި ކެއުމުގެ ފައްކާ ސުފްރާ އެވެ. އަލަ އާއި ކައްޓަލަ އެވެ ފަތްކޭލާއި ދޮންކޭލެވެ. ގަރުދިޔަ އާއި ގަރުދިޔަ މަހެވެ. ފިހުނަ މަހާއި ވަޅޯ މަހެވެ. ތެލުލި ފަތާއި ރިހާކުރެވެ. އަސާރަ އާއި ހުންޏެވެ. ފޮޅި ކުރި މިރުހާއި ލޮނު މިރުސްގަނޑެވެ. ބަތްޕެނާއި މަސްފެނާއެކު ނަން ހުސްކޮށެވެ. ރޯދަ ވީއްލައިގެން ހަމަ އަޅަ އަޅައިގެން ކާންވީ އެވެ.

މިއޮތީ މޫންކެފޭގެ ޒަމާން ފުށުން ޖަހާލާފަ އެވެ. އެކަމަކު މޫންގެ މޫނުމައްޗަށް އެއް ވެސް ބަދަލެއް ނާދެ އެވެ. ހަމައެކނި އެނގޭ ކަމަކީ މިތަނުގެ ރަހަތަކުގެ މީރުކަމަށް ބަދަލެއް ނާންނަ ކަމެވެ. އެހެންވެ މިއީ ދަރަޖަ ދޭން ނޭނގޭ ފިސާރި ހޮޓަލެކެވެ.

އެއް ދުވަސްވަރެއްގައި ބާޒާރު މަތިން ޓޫރިސްޓުންނާއި ދިވެހިންނަށް މިއީ ވަރަށް ހާއްސަ ހޮޓަލެކެވެ. މޫން ކެފޭގެ "މިލާނޯ" ގެ ސަބަބުން ބައެއް ޓޫރިސްޓުންނަށް މިއީ އިޓަލީއަށް ނިސްބަތްވާ ތަނެއް ކަމަށް ވެސް ހީވި އެވެ. އަދި އެއް އިރެއްގައި ގަލޮޅު ދަނޑަށް ވަންނަ މީހުންނަށް މިއީ އެ ދުވަސްވަރުގެ "ކޭއެފްސީ" އެވެ. ރާއްޖޭގެ ފުޓު ބޯޅައިގެ އެންމެ ފޯރި ގަދަ ދުވަސްވަރު ދަނޑުގައި މެޗެއް އޮންނަނަމަ މޫން ކެފޭއިން ޖާގައެއް ނުލިބޭނެ އެވެ. އެހާ ވެސް ބާރު ބޮޑުވާނެ އެވެ. ސަބަބަކީ ތަނުގެ ރަހަތަކުގެ މީރުކަމެވެ.

މީގެ ވިއްސަކަށް އަހަރު ކުރިއަށް ދާއިރު މި ހޮޓަލުގެ އެންމެ ހާއްސަ ކަމަކީ ހަމަ "މިލާނޯ" އެވެ. މޫން ކެފޭ މޫން ކެފޭއަކަށްވީ ވެސް "މިލާނޯ" ގެ ސަބަބުންނެވެ. ނަމަވެސް ހޮޓަލުގެ ބާނީ އާދަމް ފުޅުގެ ހާއްސަ އެ ރެސިޕީ "މިލާނޯ" މިހާރު މިވަނީ މުޅީން ބަދަލުވެފަ އެވެ.

އެ ދުވަސްވަރު ކަމާކަންފަށައި މިލާނޯ ބޯން މޫން ކެފޭ އަށް މީހުން ޖަމާވާނެ އެވެ. ރިސޯޓްތަކުން ޓޫރިސްޓުން ވެސް އާދަމް ފުޅުގެ މިލާނޯ ބޯލަން މާލެ އަރަ އެވެ.

"އެންމެ ކުރިން އޯކިޑް މަގުގައި މޫންކެފޭ ހުރި އިރު ހެންވޭރު ކޮޅުގައި ތިބޭ މީހުން ވެސް އެ ތަނަށް ދޭ މިލާނޯ ބޯން. އެ ވަރެއް އޭރަކު ހަމަ ނުހުންނާނެ، މިލާނޯގެ ރަހައިން ނޫނީ އަލާ ނުކެނޑޭނެ،" މިއީ އޭރުގެ މީހެއްގެ ތަޖުރިބާ އެވެ. މޫން ކެފޭ އިން ލިބެން ހުންނަ ހޫނު ގުޅަ އާއި ކުޑަ ބޯކިބާ އަދި ކުޅިފަތުފޮޅިއަކީ އޭރު ނަން މަޝްހޫރު ބާވަތްތަކެވެ.

"އޭރު މޫން ކެފޭއިން ދެ ރުފިޔާއިން ރަނގަޅަށް ސައިބޯލެވޭނެ."

ނަމަވެސް މިހާރު "މިލާނޯ" މުޅީން ބަދަލުވީ އެވެ. މިލޯނާގެ ވާހަކަ މާޒީގެ ތެރެއަށް ދިޔައީ އެވެ. މިހާރު ދައްކަން އޮތީ ކުޅުދިޔައި ކޮށްލާއި ލޮނު، ކުޅި ހެޔޮވަރު މޫން ކެފޭގެ ދިވެހި ސުފުރާ އެވެ. އެންމެނަށް ވެސް މި ސުފުރާގެ ރަހަތައް ހެޔޮވަރެވެ.