ކްރިމިނަލް ކޯޓް

ދެކުދިން މަރާލުމުގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުންގެ ބަންދު އިތުރުކޮށްފި

Jun 6, 2016

ހަމަލާދީ މަރާލި ދެ ކުދިންގެ މައްސަލާގައި ހައްޔަރު ކުރި ދެ ކުދިންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފި އެވެ.

މިދިޔަ ހުކުރު ދުވަހު މަރާލި ދެ ކުދިންގެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ ކުދިންނާބެހޭ ގޮތުން ފުލުހުން މިއަދު ބުނީ ހައްޔަރުކުރި ދެކުދިންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

މިދިއަ ހުކުރު ދުވަހުގެ ހަމަލާތަކުގައި ދެކުދިން މަރާލުމުގެ ފަހަށް ވެސް މާލޭގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލާފައި ވެއެވެ.

އެ ހާދިސާތަކަށް ފަހު ހައްޔަރު ކުރި ބައެއް މީހުން ފަހުން ވަނީ ދޫކޮށްލާފަ އެވެ.