ހަބަރު

ވަޅޯ މަހު ރިހަތަކުގެ މާހިރެއް، ސާފުތާހިރު ކަމާއި މާހައުލަށް ސަތޭކަ!

ރާއްޖޭގެ ޒަމާނުއްސުރެއް އޮންނަ ހޮޓަލުގެ ސަގާފަތަކީ އެއްވެސް މީހަކަށް އޮޅިފައި އޮންނަ ކަމެއް ނޫނެވެ. އެއްބައި ފަހަރު ޒުވާބުތަކާއި ސިޔާސީ އަންގައިން އެއްބަޔަކު ނުހުއްޓޭ އިރު އަނެއް ބައިއިރު މުޅިތަން އޮންނާނީ ސިންގިރޭޓުގެ ދުމުން ފުސްކޮށްލައިފައެވެ. މިއީ އެންމެ މައްޝޫރު ހޮޓާތަކުން ފެށިގެން އާދައިގެ ތަންތަނަށް ވަދެލުމުން ފެންނަ އާމު މަންޒަރުތަކެވެ. ކޮންމެއަކަސް މިވާހަކަ ދެން ބާއްވާށެވެ. ދައްކަން މި އުޅެނީ އެ ސަގާފަތައް ގޮންޖަހައިލާ ސާފުތާ ހިރުކަމައި އަހުލާގު ހިފެހެއްޓުމުގެ ލާމަސީލު މިސާލެއްގެ ވާހަކައެކެވެ. އެތަން މައްޝޫރުވެފައިވަނީވެސް އެހެނެވެ. އެއީ މާލޭގެ އިރުމަތީ ފަޅިން ޕެޓްރޯލް ޝެޑާއި ކައިރީގައި ހުންނަ އިރުދޮށު ހޮޓަލެވެ.

ކުޑަ އިރުކޮޅަކަށް ކެއް ކޮށްލައިށެވެ. އެތަނުން ލިބޭ ކާއެއްޗެހީގެ ވާހަކަ ލިޔާނަމެވެ. އެކަމަކު ބަނޑުހައި ހޫނުކަން ފިލުވާލަން ތަނަކަށް ކާން ވަންނަ އިރު މާހައުލަށާއި މީހުންގެ އުޅުން ހުން ގޮތުން އެތަނުގައި ކައްކާ އެއްޗެހީގެ ސާފުތާހިރު ކަމައި މެދު ޝައްކު އުފެދޭ ނޫންތޯ އެވެ؟ އިރުދޮށު ހޮޓާ މުޅިން ތަފާތެވެ. އެތަނަށް ވަދެލި އިރުވެސް އެންމެ ފުރަތަމަ ލޯ އަޅައިގަތީ ފާރުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށެވެ. "ސާފުތާހިރު ކަމަށް ލޯބި ކުރާށެވެ. ސާފުތާހިރު ކަމަންވަނީ އީމާން ކަމުގެ ތެރެއިންނެވެ." އެހެން ބޯޑެއްގައި ލިޔެފައި ވަނީ "ބަސް ނުބުނާހައި ހިނދަކު ބަހަކީ ތިމާގެ އަޅެކެވެ. ބަސްބުނުމުން ތިމާއަކީ ބަހުގެ އަޅެވެ." މިފަދައިންނެވެ. މިއީ އެހެން ހޮޓަލަކުން ނުފެންނަ ތަފާތު މަންޒަރެކެވެ. އެ ނިމުނީކީނޫނެވެ. މިތަނުގައި ސިޔާސީ ވާހަކަ ފަޅައި، އަވަގުރާނަށް ގޮވައި ހަދަން ލާހިކަ ކެރިކުޅަދާނައެއް ނޫނެވެ. އެއީ ގުރުއާނުގެ ސޫރަތްތައް ލިޔެފައި ހުންނަ ފޮޓޯތަކާއި ޕޯސްޓަރުތަކުން ފާރުތައް ވަނީ ފުރާލައިފައެވެ.

ކޮންމެއަކަސް ވަދެ އިޝީނީމެވެ. ދިއްލާލައިފަ ހުރި ގޮނޑޮތަކާއި މޭޒު ސާފުކޮށްލާފައި ހުރި ވަރުން ލޯގަނޑެއްގެން އަމިއްލަ ސޫރަ ފެންނަހައި އެވެ. މޭޒުތައް އަތުރާލައިފައި ހުންނަނީ ތޮއްޖެހި ބާރުވާ ފަދަ ގޮތަކައް ނޫނެވެ. އެއާކޯނެއް ނެތަސް މީހުން ގައިން ނިކުންނަހައި ހޫނެއް އެ ހޮޓާ ތެރޭ ބަންދުވެފައި ނުހުރެއެވެ. އެއީ ވަށައިގެން އޮންނަނީ ކުދަދޮރތައް ހުޅުވާލައި މަގުމައްޗައް ހާމަކޮށްލައިފައެވެ. އޭގެ ސަބަބުން ވައިދައުރުވުން ރަނގަޅެވެ. އަދި ހޫނު ކަމެއް ކުޑަކޮށްވެސް އިހުސާސްއެއް ނުވެއެވެ. ހިތް ހަމަޖައްސާލައިފި އެވެ. އިތުރަށް ކާ ހިތްވެއްޖެއެވެ.

އަދި މިހާ ހިސާބުން ލިޔުން ކުރުކޮށްލައި ނިންމާލެވޭކަށް ނެތެވެ. އިރުދޮށު ހޮޓަލުގެ ވާހަކަދައްކައިފިއްޔާ އެތަނުން ހަދައި ވަޅޯ މަހުގެ ކާއެއްޗެހީގެ ވާހަކަ ނުދައްކައި ފުރިހަމައެއް ނުވާނެއެވެ. ސާފްތާހިރު ކަމުގެ އިތުރުން މިތަނަށް މީހުން ކުޅުދިޔާވެފައި ހުންނަނީ އެތަކެއްޗަށެވެ. އާމުކޮށް ކޮންމެ ބާވަތެއްގެ ކާއެއްޗެއްވެސް ތައްޔާރުކޮށްދެއެވެ. އެހެން ނަމަވެސް ވަޅޯ މަސް އަޅައިގެން ހަދާލުމުން އަންނަ ތަފާތު ރަހަ އަކީ އިރުދޮށު ހޮޓަލުން ނޫނީ ނުލިބޭނެ އެއްޗެކެވެ.

"ވަޅޯމަހު ކިރުގަރުދިޔައާ ވަޅޯމަހު ކުޅިމަސް ނިކަން ކާލަބޭ. އެއީ އެއްޗަކީ. މިތަނަށް ވޭތުވެދިޔަ ފަސް އަހަރުވެސް ހުއްޓައި ނުލާ މި އަންނަނީ އެހެން ވެގެން. މިތަނުގެ މި ހާއްސަ ކަމަކީ އެއީ،" ހޮޓަލުގައި އިން މީހަކު ބުންޏެވެ. "ސާފުތާހިރުކަމުން 100! އެއަށް ވުރެއްވެސް ކާއެއްޗެހި މީރު،" އެތަނުގައި ހުރި އެހެން މީހަކު ބުންޏެވެ.

ތެދެކެވެ. މިއީ ތަފާތުތަނެކެވެ. ހޮޓަލެއްހެން ހީވެސް ނުވެއެވެ. ސާފުތާހިރުކަށް 100 ޕަސަންޓެވެ. އަހުލާގާއި މާހައުލަށް 100 ޕަސަންޓެވެ. ކާއެއްޗެއްސައް 100 އަށްވުރެއް މަތީ ޕަސަންޓެއް ދެވޭނެމަ އެވެސް ދޭނަމެވެ. އެހާވެސް ހިތް ހަމަޖެހެއެވެ. އެ ކޮލަޓީތައް ހިފެހެއްޓުމުގެ ނަތީޖާއަކަށް އިރުދޮށު ހޮޓަލަކީ ގިނަ ބައެއްގެ ވެސް ކާންދިއުމުގެ ލިސްޓުގެ އެއްވަނައިގައި އޮންނަ ތަނެވެ. އާމުން އެކަންޏެއް ނޫނެވެ. ސަރުކާރުގެ އިސް ފަންތީގައި އުޅޭ މީހުން ވެސް މިތަނަށް އާދެއެވެ. އަބްދުﷲ ގާޒީއާއި އުމަރު ނަސީރުމެންނަކީ އިރުދޮށު ހޮޓަލުގެ ރެގިއުލާ ކަސްޓަމާސްއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިހާ ގިނަ ފަސޭހަތައް އާމުންނަށް ދިނުމުގެ އިތުރުން ކާއެއްޗެހިން ކުޅުދިޔާ ކޮށްލާ އިރު މިއީ އަތް ނުފޯރާ ހިސާބުގައި ހުންނަ ތަނެއްވެސް ނޫނެވެ. އެތަނުގެ ސުޕަވައިޒަރު ބުނޮ ގޮތުގައި ފައިދާއަސް ވުރެއް ބޮޑަށް އެ ހޮޓަލުން ވިސްނަނީ އަތް ފޯރާ ފަށަށް ކާއެއްޗެހީގެ އަގުތައް ތިރިކޮށްލުމަށެވެ. އެގޮތުން ބަލައި އިރު ހެނދުނަށްތިން ފޮތި ޕާނާއި ދެ ސޮސެޖާއި ބިސްގަނޑެއްގެ އިތުރުން ބަޓަރާއި ޖޭމާއި ސޭންޑުވިޗް އެކީ ނެގިޔަސް އަރާނީ 30ރ. އެވެ. އަދި ބޮޑެތި ބިރިޔާނީ ފަދަތަކެތި ނެގިޔަސް 50ރ. އަށްވުރެއް މައްޗެއް ނުވެއެވެ.

ކޮންމެއަކަސް އިރުދޮށު ހޮޓަލައި މިހައި ތައުރީފުތައް އޮއްސާއިރު އެތަނުގެ މާޒީއާ އުފެދުނު ގޮތަށްވެސް ބަލައިލީމެވެ. އެތަން މިހާރު ހިނގަމުން އަންނަ ނަޖާހް "އަވަސް"އަށް ބުނީ އެތަން ފުރަތަމަ ހިނގީ ފިހާރައެއް ގޮތައް ކަމަށެވެ. އަދި އެތަނުގެ ވެރިމީހާ ނިޔާވުމަށް ފަހު ހޮޓަލަކަށް ބަދަލުކޮށް ހިނގަން ބަޔަކާ ހަވާލު ކުރި ކަމަށެވެ. އެހެން ނަމަވެސް އެމީހުން ހިނގި އިރުއެތަން ވަރަށް މުޑުދާރު ވާނެ ކަމަށާއި އޭގެ ސަބަބުން އެތަން އެމީހުނގެ އަތުން އަތުލައި ނަޖާހު މެންނާ ހަވާލު ކުރި ކަމަށް އޭނާ ބުންޏެވެ.

"އަހަރުން އެންމެ ފުރަތަމަ ބަލަނީ ސާފުތާހިރު ކަމަށް. ދެން ދޭ ކާއެއްޗެހިގެ ފެންވަރަށް. އަޅުގަނޑުމެން ގެނެއްސަވެސް ހުންނާނީ ދިވެހި ކައްކާ އިން. އޭގެ ދަށުން ހުންނާނީ ބިދޭސީން ލާފަ. ކޮންމެ ދުވަހު ނިންމާފަ ބްރީފިން ސެޝަންވެސް ބާއްވަން. އެންމެގެ ސާފުތާހިރު ކަމައި އަހުލާގަށް ވަރަށް އިސްކަންދެން،" ނަޖާހް ކިޔައި ދިނެވެ.

ނަޖާހް ބުނީ އެތަން އިތުރަށް ފެންވަރު ރަނގަޅު ކުރަން ވަރަށް އަވަހަށް މުވައްޒިފުން ޔުނީފޯމު ލައްވާނެ ކަމަށެވެ. އަދި އަގުތަކަށް އިތުރަސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ އުފާވެރި ހަބަރު އޭނާ ދިނެވެ.