ސްކޫލް

ފުރަތަމަ ސެމިސްޓާގެ ކިޔެވުން ނިމި ސްކޫލްތައް ބަންދުކޮށްފި

ދިރާސީ އަހަރުގެ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ނިމި ސްކޫލްތައް ބަންދުކޮށްފި އެވެ. މިއަދު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ފުރަތަމަ ސެމިސްޓާގެ ރިޕޯޓު ފޮތް ހަވާލުކޮށްފަ އެވެ.

އެއް ހަފްތާގެ މުއްދަތަށް ސްކޫލްތައް ބަންދުކުރުމަށްފަހު ސްކޫލްތައް ހުޅުވާ ކިޔެވުން ދެން ފެށޭނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

މިއަހަރުގެ ދިރާސީ އަހަރު ފަށާފައިވަނީ 75،000 އަށްވުރެ ގިނަ ދަރިވަރުންނާ އެކު އެވެ. މި އަހަރުގެ ފުރަތަމަ ޓާމް ގައި ކިޔަވައިދީފައި ވަނީ 101 ދުވަހުއެވެ. ދެވަނަ ސެމިސްޓާ ގައި ކިޔަވައި ދިނުމަށް ހަމަޖެހިފައި ވަނީ 99 ދުވަހު އެވެ. ދެވަނަ ސެމިސްޓާގެ ކިޔެވުން 19 ޖޫން ގައި ފަށާއިރު އެ ޓާމުގެ މިޑްޓާމް ބްރޭކް އަންނާނީ 11 ސެޕްޓެމްބަރު އިން 15 ސެޕްޓެމްބަރު އަށެވެ.

ދިރާސީ ކަލަންޑަރުގައިވާ ގޮތުން 2016 ވަނަ އަހަރުގެ ދިރާސީ އަހަރު ނިމޭނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.